ށ. މަރޮށީގައި އިމާރާތްކުރި ސިއްހީ މަރުކަޒުގެ އެކްސްޓެންޝަން އިމާރާތް ހުޅުވައިފިއެވެ.
މި އިމާރާތް ހުޅުވައިދެއްވީ ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އަހުމަދު އާދިލްއެވެ.
މި އިމާރާތް ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި މަރޮށީގެެ އެކި މުއައްސަސާތަކުގެ އިސްވެރިންނާއި ސިއްހީ މަރުކަޒުގެ އިސްވެރިންނާއި މުވައްޒަފުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.
ސަރުކާރުގެ ބަޖެޓުން 3.8 މިލިއަން ރުފިޔާ ޚަރަދުވި މި އިމާރާތުގެ ސަބަބުން ށ. މަރޮށީގައި ސިއްހީ ޚިދުމަތް އިތުރަށް ފުޅާވެގެން ދާނެއެވެ. އަދި މި އިމާރާތް ހުޅުވުމާގުޅިގެން ޕަބްލިކް ހެލްތު ޔުނިޓާއި އިދާރީ ހުރިހާ ބައެއް ވަނީ މި އިމާރާތަށް ބަދަލުކުރެވިފައެވެ.
ށ. މަރޮށީގެ އާބާދީގައި 900އާ ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެމުން ދެއެވެ. ސަރުކާރުން ދަނީ ކުޑަރަށެއް ބޮޑުރަށެއް ތަފާތުކުރުމެއްނެތި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަމުންނެވެ.