ކ. މާލެ
|
1 ޑިސެންބަރ 2022 | ބުރާސްފަތި 08:23
ކުށުގެ ވެށިން މީހުން ހައްޔަރުކުރުން
ކުށުގެ ވެށިން މީހުން ހައްޔަރުކުރުން
ޕޮލިސް
ޖޫރިމަނާ އަދަބު ކަނޑައަޅާ މީހުން
ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހަޅަނީ
 
ޖޫރިމަނާ ފައިސާ ނުދައްކާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު އައުން އެކަށީގެންވޭ
 
މީރާ މެދުވެރިކޮށް މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ދަނީ ކުރަމުން
 
ޖޫރިމަނާ ފައިސާ ދައްކަންޖެހޭ މުއްދަތުގައި ނުދައްކައިފިނަމަ 30 ދުވަހުގެ ތެރޭގައި ކޯޓަށް އަންގަންޖެހޭ

ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ ތެރެއިން، އެ ފައިސާ ނުދައްކާ މީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ފަށާފައިވާކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ބެލި ބެލުމުން ބައެއް މީހުންގެ މައްޗަށް ކުށުގެ އަދަބުގެ ގޮތުގައި ކަނޑައަޅާފައިވާ ޖޫރިމަނާ ފައިސާ, ހުކުމާ އެއްގޮތަށް ދައްކަމުން ނުދާކަން ފާހަގަވެފައިވާކަމަށެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރެފައިވާ ޝަރީއަތުން އަދަބު ކަނޑައެޅުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ 30 ވަނަ މާއްދާގެ (ހ) ގައި, ހުކުމުގައި ކަނޑައެޅިފައިވާ މުއްދަތުގައި ޖޫރިމަނާގެ ފައިސާ ނުދައްކައިފިނަމަ، އެ މުއްދަތު ފާއިތުވާތާ 30 ދުވަހުގެ ތެރޭގައި ޕީޖީ އޮފީހުން ކޯޓަށް އެކަން އަންގަން ވާނެކަމަށް ބަޔާންކޮށްފައިވާކަމަށެވެ. އެހެންކަމުން ޖޫރިމަނާ އަދަބު ކަނޑައަޅާފައިވާ މީހުންގެ މައުލޫމާތު މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ މެދުވެރިކޮށް ހޯދުމުގެ މަސައްކަތް ފަށާފައިވާކަމަށާއި، އަދި ޖޫރިމަނާ ފައިސާ ނުދައްކާމީހުންގެ މައުލޫމާތު ކޯޓަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް ޕީޖީ އޮފީހުން ބުނެފައިވެއެވެ.

Advertisement

ޕީޖީ އޮފީހުން ބުނީ ހުކުމާއި އެއްގޮތަށް ޖޫރިމަނާ ފައިސާ ދައްކަމުންނުދާ މީހުންގެ މައްޗަށް އަލުން ޖަލު އަދަބު, ނުވަތަ ޖޫރިމަނާ އަދަބަށްވުރެ ބުރަ އަދަބެއް އެ ގަވާއިދުގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން ފަނޑިޔާރަށް ކަނޑައެޅޭނެ ކަމަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތުދެމުން ޕީޖީ އޮފީހުން ބުނީ މިހާތަނަށް ޖޫރިމަނާ ފައިސާ ނުދައްކާ ތިބީ ކިހާ ބަޔަކުކަން ސާފުނުވާ ކަމަށެވެ. އެހެންނަމަވެސް އެ މައުލޫމާތުތައް އެއްކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
11%
22%
11%
44%
11%
ކޮމެންޓް