Advertisement
ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 18:58
އެފްއައިޔޫގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރު
އެފްއައިޔޫގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރު
ގޫގުލް
އާތިފް ޝަކޫރަށް ކުރާ ދައުވާ
އާތިފް ޝަކޫރުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހު
މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލް
އަޑުއެހުން ތާވަލު ކޮށްފައި އޮތީ އާދިއްތަ ދުވަހުގެ މެންދުރު 14:00ށް

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ)ގެ ކުރީގެ ވެރިޔާ އިބްރާހީމް އާތިފް ޝަކޫރާ ދެކޮޅަށް އުފުލާފައިވާ މަނީ ލޯންޑަރިންގ، އަދި ޓެރަރިޒަމަށް ފައިނޭންސްކުރުން ހުއްޓުވުމުގެ ގާނޫނާ ޚިލާފުވިކަމުގެ ކުށުގެ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފިއެވެ.

މި އަޑުއެހުން ތާވަލު ކޮށްފައި އޮތީ އާދިއްތަ ދުވަހުގެ މެންދުރު 14:00 އަށެވެ.

މި މައްސަލަ ބައްލަވަނީ އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލެވެ. އެގޮތުން ގާޒީ ވަނީ އާތިފްގެ މައްޗަށް އުފުލާފައިވާ ދައުވާ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެކަމަށް ކަނޑައަޅުއްވާފައެވެ.

Advertisement

މި މައްސަލައިގައި މީގެ ކުރިން ކުރިއަށް ދިޔަ އަޑުއެހުމެއްގައި އާތިފް ޝަކޫރަށް ވާހަކަދެއްކެވުމުގެ ފުރުސަތު ދެއްވުމުން އޭނާ ވަނީ އެމްއެމްޕީއާރްސީ ޙިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް ދައްކަވާފައެވެ. އެގޮތުން އާތިފް ވިދާޅުވީ، އޭރު މަޤާމުން އިސްތިއުފާ ދެއްވީ ޤާނޫނީ ޒިންމާ އަދާނުކުރެވޭނެކަން އަމިއްލައަށް ޤަބޫލު ކުރެވުމުން ކަމަށެވެ.

އޭރު އެމްއެމްޕީއާރްސީ ހިޔާނަތް ފެންމަތިވެގެން ދިޔައިރު އެކަން އޭރު އެމްއެމްއޭގެ ގަވަރުނަރުގެ ސަމާލުކަމަށްވެސް ގެނެސްފައިވާނެކަން ފާހަގަކުރައްވައި އާތިފް ވިދާޅުވީ، ތަހުގީގީ އިދާރާތަކަށް ލިޔުއްވަން ޖެހޭ ފޯމުތައްވެސް ލިޔުއްވާފައިވާނެ ކަމަށެވެ. އެ ފޯމު ދައުލަތުން ހުށައަޅާފައިވާ ލިއެކިއުންތަކުގެ ތެރެއިންވެސް ފެންނަން އޮތްކަމަށް އާތިފް ވިދާޅުވިއެވެ.

އަދި އެކި ތަންތަނުންނާއި އެކި އިދާރާތަކުން ސާފު ކުރި މައުލޫމާތު ތަކުގެ އަލީގައި ފަހުމުވެގެން ދިޔަ ކަމަކީ މި މައްސަލަ ވަކި ތަހުގީގީ އިދާރާއަކަށް ފޮނުވައިގެންވެސް އޭނާގެ ނަފްސަށް ގެއްލުންވުން ނޫން ކަމެއް ނުވާނެކަން ކަމަށް އާތިފް އޭރު ފާހަގަ ކުރައްވާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް