ކ. މާލެ
|
26 ނޮވެންބަރ 2022 | ހޮނިހިރު 12:52
ޑރ. މުހައްމަދު މުއިއްޒު
ޑރ. މުހައްމަދު މުއިއްޒު
ރާއްޖެއެމްވީ
ސިޓީ ކައުންސިލް
ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަންޖެހޭ: މޭޔަރު މުއިއްޒު
ކައުންސިލްގެ މުވައްޒަފުންނަކީ ހަމައެކަނި މުވައްޒަފުންނެއް ނޫން، އެއީ ވަރުގަދަ ފަހުލަވާނުންތަކެއް

މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަންކުރަން ޖެހޭ ކަމަށް, މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީ ކައުންސިލްގެ ފުރަތަމަ "ސްޓާފް ނައިޓް"ގައި ވާހަކަފުޅުދައްކަވަމުން މުއިއްޒު ވިދާޅުވީ، މާލެ ސިޓީގެ މުވައްޒަފުންނަކީ، މާލެ ސިޓީގައި ރަށްވެހިކަމުގެ ޚިދުމަތް ދިނުމުގައި ރެއާއި ދުވާލު އަވަދިނެތި، އެއްވެސް ވަރުބަލިކަމެއް ނެތި ވަރަށް ހިތްވަރާއެކު މަސައްކަތްކުރަމުންދާ ޚާދިމުންތަކެއް ކަމަށެވެ.

ސިޓީ ކައުންސިލްގެ މުވައްޒަފުންގެ މަސައްކަތަށް ތައުރީފްކުރައްވަމުން މޭޔަރު ވިދާޅުވީ، ކައުންސިލްގެ މުވައްޒަފުންނަކީ ހަމައެކަނި މުވައްޒަފުން ނޫންކަމަށާއި އެއީ ވަރުގަދަ ފަހުލަވާނުންތަކެއް ކަމަށެވެ.

މޭޔަރު ވިދާޅުވީ، ރައްޔިތުންނަށް ޚިދުމަތް ދިނުމުގައި ސިޓީ ކައުންސިލްގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ އަގު ވަޒަން ކުރަން ޖެހޭނެ ކަމަށާއި، ފުރަތަމަ ފަހަރަށް މިފަދަ ހަފްލާއެއް ބޭއްވުމަށް ނިންމެވީ މިކަން ގަބޫލުފުޅުކުރައްވާތީ ކަމަށާއި، މުވައްޒަފުންނާއެކު މިފަދަ ހަފްލާއެއް ބޭއްވިގެން ދިއުމަކީ ލިބުނު ވަރަށްބޮޑު އުފަލެއް ކަމަށެވެ.

މާލެ ސިޓީ ކައުންސިލްގެ އެންމެހާ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރައްވައި، މޭޔަރާއި ހުރިހާ ކައުންސިލަރުންގެ ނަމުގައި މޭޔަރު ވަނީ ހުރިހާމުވައްޒަފުންނަށް ޝުކުރު ދަންނަވާފައެވެ.

މާލެ ސިޓީ ކައުންސިލުން ފުރަތަމަ ފަހަރަށް ސްޓާފް ނައިޓެއް ބާއްވާފައިވާއިރު، މުވައްޒަފުންނަށް ވަނީ އަގުހުރި އިނާމުތަކެއް ދީފައެވެ.

- ކޮމެންޓް