ކ. މާލެ
|
25 ނޮވެންބަރ 2022 | ހުކުރު 22:54
ޔޫކްރެއިންގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިފައިން
ޔޫކްރެއިންގެ ފްރަންޓްލައިންގައި ހަރަކާތްތެރިވާ ސިފައިން
ރޮއިޓާސް
ރަޝިއާ-ޔޫކްރެއިން ހަނގުރާމަ
ރަޝިއާއިން ޔުކްރެއިންގެ ޚާސަން އަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 10 އަށް
މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 50 އަށް ވުރެ ގިނަ

މިދިޔަ ބުރާސްފަތި ދުވަހު ރަޝިއާއިން ޔުކްރެއިންގެ ޚާސަން އަށް ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން މި ހަމަލާތަކުގައި ޒަހަމްވި މީހުންގެ އަދަދު 50 އަށް ވުރެ ގިނަ އެވެ. ޔޫކްރެއިންގެ ރީޖަނަލް ގަވަރނަރ އާއި ހަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުން ޒަހަމްވެފައިވާ އެންމެންގެ އަދަދުތައް އަދިވެސް ސާފެއް ނޫނެވެ. އެހެންކަމުން މި ހަމަލާގައި އަނިޔާވި މީހުންގެ އަދަދު އަދިވެސް އިތުރުވުމުގެ ފުރުސަތު އެބައޮތެވެ.

ޔޫކްރެއިންގެ ހާސަންގައި ހަރަކާތްތެރިވަމުންދިޔަ ރަޝިއާ އަސްކަރިއްޔާގެ ސިފައިން އެސަރަހައްދުން ފޭބީ މި މަހުގެ ތެރޭގައެވެ. ރަޝިއާގެ އަސްކަރިއްޔާއިން ފޭބި ނަމަވެސް އެސަރަހައްދަކީ ރަޝިއާގެ އަސްކަރިއްޔާއިން ހިފާފައިވާ އެގައުމުގެ ސަރަހައްދެއް ކަމަށް ރަޝިއާއިން އައީ ބުނަމުންނެވެ. މީގެ އިތުރުން ރަޝިއާއިން ޔޫކްރެއިން އަށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ވެރިރަށް ކިއޭވް އަށް ދިން ހަމަލާތަކުގައި ކިއޭވްގެ ބޮޑުބަޔަކުން ކަރަންޓު ކެނޑި އެތައް ބަޔަކު އަދިވެސް ތިބީ ކަނު އަނދިރީގައެވެ.

ފިނިމޫސުންވެސް ފެށެންތައްޔާރުވެފައިވާއިރު ކަރަންޓް ނެތުމުގެ ސަބަބުން އަލިކަމެއް ނެތި އަދި ހީޓަރުތައް ނެތި ޔޫކްރެއިންގެ ގިނަ މީހުން މިވަގުތު އުޅެން ގެންދަނީ ވަރަށް ދަތި ހާލުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް