Advertisement
ކ. މާލެ
|
22 ނޮވެންބަރ 2022 | އަންގާރަ 15:53
"ޕްރެޒިޑެންޓްސް ބެޖް" ޙާޞިލުކުރި ގަރލްގައިޑަކަށް ރައީސުލްޖުމްހޫރިއްޔާ ބެޖު ހަވާލު ކޮށްދެއްވަނީ
"ޕްރެޒިޑެންޓްސް ބެޖް" ޙާޞިލުކުރި ގަރލްގައިޑަކަށް ރައީސުލްޖުމްހޫރިއްޔާ ބެޖު ހަވާލު ކޮށްދެއްވަނީ
ރައީސް އޮފީސް
ޕްރެޒިޑެންޓްސް ބެޖް
ޕްރެޒިޑެންޓްސް ބެޖް ޙާޞިލުކުރި ގަރލްގައިޑަށް، ރައީސުލްޖުމްހޫރިއްޔާ ބެޖު ދެއްވައިފި
ގަރލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ގަރލްގައިޑް ހަރަކާތުގެ އެންމެ ޝަރަފްވެރި ބެޖް، "ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި ފާޠިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ އަންގާރަ ދުވަހު މެންދުރު ރައީސުލްޖުމްހޫރިޔާގެ އޮފީހުގައެވެ. "ޕްރެޒިޑެންޓްސް ބެޖް" ހަވާލުކުރުމުގެ މިރަސްމިއްޔާތުގައި، ޗީފް ގައިޑް، އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ގަރލްގައިޑް އެސޯސިއޭޝަންގެ ރައީސާ އަދި މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ ޢައިޝަތު ޢަލީ އާއި، ޗީފް ކޮމިޝަނަރ ނިޢުމަތު ޝަފީޤު ބައިވެރިވެވަޑައިގެންނެވިއެވެ.

"ޕްރެޒިޑެންޓްސް ބެޖް" ޙާސިލްކުރި، ފާޠިމަތު ޔުމްނާ އާތިފަށް ބެޖް ހަވާލުކޮށްދެއްވުމަށްފަހު، ރައީސުލްޖުމްހޫރިއްޔާ ވަނީ، މަރުޙަބާ ވިދާޅުވެ ބެޖް ޙާސިލްކުރުމަށް ޔުމްނާ ކުރި މަސައްކަތަކަށް ތަޢުރީފް ކުރައްވާފައެވެ. އަދި ގަރލްގައިޑް ހަރަކާތަކީ ސްކޫލުތަކުގެ ހިންގޭ ވަރަށް މުހިއްމު ބޭނުންތެރި ހަރަކާތެއްކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

Advertisement

މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ، 1998 ވަނަ އަހަރު، "ޕްރެޒިޑެންޓްސް ބެޖް" ތަޢާރަފްކުރެވުނު ފަހުން، ޔުމްނާއަކީ މިބެޖް ލިބުނު 14 ވަނަ ދަރިވަރުކަން ފާހަގަކުރައްވާފައެވެ. އަދި މިއީ އަތޮޅުތެރޭގެ ސްކޫލަކުން ގަރލްގައިޑަކު، މިބެޖް ހާޞިލްކުރި ފުރަތަމަ ފަހަރުކަން، ފާހަގަކުރައްވައި، ޔުމްނާ ތަޢުލީމް ހާސިލްކުރި ބ އަތޮޅު ތަޢުލީމީ މަރުކަޒަށްވެސް ޔުމްނާ ހޯދައިމިދިނީ ފަޚުރުވެރި ޝަރަފެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ގަރލްގައިޑް ހަރަކާތުގައި ދެވޭ އެންމެ ޝަރަފްވެރި ބެޖް ކަމުގައިވާ، "ޕްރެޒިޑެންޓްސް ބެޖް" ހާސިލްކުރި، ފާޠިމަތު ޔުމްނާ ޢާތިފް ވަނީ، އެބެޖްގެ އިތުރުން، ގަރލްގައިޑު ހަރަކާތުގެ 31 ބެޖެއް ޙާސިލްކޮށްފައެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް