ކ. މާލެ
|
20 ނޮވެންބަރ 2022 | އާދީއްތަ 23:45
ކޯސްޓްގާޑުންގެ އުޅަނދެއް
ކޯސްޓްގާޑުންގެ އުޅަނދެއް
އެމްއެންޑީއެފް
ބޭރުގެ މަސްބޯޓެއް ހިފެހެއްޓުން
ރާއްޖޭގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސްބޯޓެއް އަތުލައިގެންފި
މި ބޯޓު އެމްއެންޑީއެފްގެ ބެލުމުގެ ދަށަށް ގެންދިޔައީ އާދިއްތަ ދުވަހުގެ ހަވީރު

ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ މަސް ބޯޓެއް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ ކ.ދިއްފުށީގެ އިރުން 35 ނޯޓިކަލް މޭލު ބޭރުން ރާއްޖެއިން ބޭރުގެ މަސްބޯޓެއް ހަރަކާތްތެރިވަމުން ދާ ކަމުގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ފޯރުކޮށްދިނީ "އަސަރީ" ނަމަކަށް ކިޔާ ދޯންޏަކުން ކަމަށެވެ. އަދި، އެ މައުލޫމާތު ލިބުމާއެކު އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސެކްނަޑް ސްކޮޑްރަންގެ "އެފްއައިސީ ހަކުރާ" އެ ސަރަޙައްދަށް ގޮސް، އެ މަސްބޯޓު ހޯދުމަށްފަހު، އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް އާދިއްތަ ދުވަހުގެ 17:25 ހާއިރު ގެންގޮސްފައިވާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މިހާރު ކޯސްޓްގާޑުގެ ބެލުމުގެ ދަށުން މި މަސްބޯޓު މާލެ ގެނައުމަށް މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

މީގެ ކުރިންވެސް އެތައް ފަހަރެއްގެ މަތިން އެމްއެންޑީއެފުން ވަނީ ގަވާއިދާ ޚިލާފަށް ރާއްޖެ ސަރަހައްދަށް ވަދެ އުޅޭ މަސްބޯޓުތައް ހިފަހައްޓާފައެވެ. އަދި މިފަދަ ބޯޓުތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާކޮށްފައި ވެސް ވެއެވެ.

- ކޮމެންޓް