ކ. މާލެ
|
18 ނޮވެންބަރ 2022 | ހުކުރު 23:51
އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ނިންމާލައިފި
އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ނިންމާލައިފި
ރާއްޖެއެމްވީ
އިފޮޕްކާގެ ކޮންވެންޝަން
އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ނިންމާލައިފި
ކޮންވެންޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16-19ށް ޕެރެޑައިސް އައިލެންޑް ރިސޯޓްގަ

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންރެކްޓަރސް އެސޯސިއޭޝަންސް (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ނިންމާލައިފިއެވެ.

ބުދަ ދުވަހު ފެށި އެ ކޮންވެންޝަން ކުރިއަށް ގެންގޮސްފައި ވަނީ މި މަހުގެ 16-19ށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ. މި ކޮންވެންޝަންގައި އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއެކު 22 ގައުމަކުން ޖުމްލަ 500 މެންބަރުން ބައިވެރިވެފައި ވާއިރު ކަމާއި ގުޅުން ހުރި ދާއިރާތަކުން މަޝްވަރާކޮށް، ޕެނަލް ޑިސްކަޝަންތައް ވަނީ ބާއްވާފައެވެ.

މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސް ކަމަށް ވީ ނަމަވެސް 2007 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން މިޖަމާއަތުގައި ވަޏީ ބައިވެރިވެފައެވެ. އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް، ގައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައިދިނުމުގެ މަގުސަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ.

- ކޮމެންޓް