މަރާލެވުނު ސައޫދީ ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މައްސަލައިގައި ދައުވާ ރައްދު ވާ ސައޫދީ ކްރައުން ޕްރިންސް މުހައްމަދު ބިން ސަލްމާނުގެ މައްޗަށް އެމެރިކާގައި ދައުވާ ނުކުރެވޭނެ ކަމަށް އެގައުމުގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެފިއެވެ. މި މައްސަލަ އެމެރިކާގެ ކޯޓެއްގައި ފައިލް ކުރީ ޚަޝޯގީގެ ލޯބިވެރިޔާއެވެ. މިގޮތަށް މުހައްމަދު ބިން ސަލްމާންގެ މައްޗަށް ދައުވާ ނުކުރެވޭނީ އެއީ މިވަގުތު ގައުމެއްގެ ބޮޑުވަޒީރު ކަމަށް ވާތީ ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ބުނެފައިވެއެވެ.
މިނިންމުމާ އެކު އޭނާގެ ލޯބިވެރިޔާވަނީ ޖަމާލް މިއަދު ދެވަނަ ފަހަރަށް މަރުވީ ކަމަށް ބުނެ ޓްވީޓުކޮށްފައެވެ.
ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ މަޝްހޫރު ނޫސްވެރިޔާ ޚަޝޯގީ އައީ ސައޫދީ ވަލީ އަޙްދު މުހައްމަދު ބިން ސަލްމާންގެ އުޅުއްވުން ހުންނަ ގޮތަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ. އެއާއެކު އޭނާ ތުރުކީއަށް ކުރި ދަތުރެއްގައި ވަނީ މަރާލެވި ހަށިގަނޑު ނައްތާލާފައެވެ.
މި މަރާއި ގުޅިގެން އެކި ފަރާތްތަކުން ތުހުމަތުގެ އިނގިލި މުހައްމަދު ބިން ސަލްމާން އަށް ދިއްކުރި ނަމަވެސް އޭނާ ވަނީ އެކަން ދޮގުކުރައްވާފައެވެ.