Advertisement
ކ. މާލެ
|
16 ނޮވެންބަރ 2022 | ބުދަ 17:00
އިފޮޕްކާގެ 45 ވަނަ ކޮންވެންޝަންގެ ތެރެއިން
އިފޮޕްކާގެ 45 ވަނަ ކޮންވެންޝަންގެ ތެރެއިން
ރައީސް އޮފީސް
އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން
އިފޮޕްކާގެ 45 ވަނަ ކޮންވެންޝަން ފަށައިފި
ކޮންވެންޝަން ކުރިއަށްދާނީ މި މަހުގެ 19ށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައި

އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް އޭޝިއަން އެންޑް ވެސްޓަރން ޕެސިފިކް ކޮންރެކްޓަރސް އެސޯސިއޭޝަންސް (އިފޮޕްކާ)ގެ 45 ވަނަ ކޮންވެންޝަން ފަށައިފިއެވެ.

މި ކޮންވެންޝަން ހުޅުވުމުގެ ރަސްމިއްޔާތު ބުދަ ދުވަހު ބާއްވާފައިވާއިރު ކޮންވެންޝަން ކުރިއަށްދާނީ މި މަހުގެ 19ށް ޕެރެޑައިސް އައިލެންޑް ރިސޯޓްގައެވެ.

މި ކޮންވެންޝަންގައި އިމާރާތް ކުރުމުގެ ދާއިރާގެ ތަޖުރިބާކާރުންނާއެކު 22 ގައުމަކުން ޖުމްލަ 500 މެންބަރުން ބައިވެރިވެއެވެ.

އިފޮޕްކާއަކީ އިމާރާތްކުރުމުގެ ދާއިރާ މެދުވެރިކޮށް، ގައުމުތަކަށް އިޖުތިމާއީ އަދި އިގްތިސާދީ ކުރިއެރުންތައް ހޯދައިދިނުމުގެ މަގުސަދުގައި އޭޝިއާ އަދި ހުޅަނގު ޕެސިފިކް ސަރަހައްދުގެ މެމްބަރު 19 ގައުމެއް ހިމެނޭގޮތުން އުފައްދާފައިވާ ބައިނަލްއަގުވާމީ ޖަމާއަތެކެވެ. 2007 ވަނަ އަހަރު، މޯލްޑިވްސް ނެޝަނަލް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ން މިޖަމާއަތުގައި ބައިވެރިވުމަށްފަހު، މިއީ ރާއްޖޭގައި ބާއްވާ އިފޮޕްކާގެ ފުރަތަމަ ކޮންފަރެންސެވެ.

Advertisement

ކޮންވެންޝަން ޗެއަރކުރައްވަނީ އިފޮޕްކާގެ މިދައުރުގެ ރައީސް އަދި މި ޖަމްއިއްޔާގެ ތާރީޚުގައިވެސް ޖެހިޖެހިގެން ދެ ދައުރު ރައީސްކަން ކުރައްވާފައިވާ ރާއްޖޭގެ ކޮންސްޓްރަކްޝަން ޖަމްއިއްޔާ (މަސީ)ގެ ރައީސް މުހައްމަދު އަލީ ޖަނާހުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖަނާހު ވިދާޅުވީ މި ސިނާތަށް ޒުވާނުން ބޭނުންވާކަމަށާއި މި ދާއިރާއިން މީހުން އިތުރަށް ބިނާކުރެވެން ޖެހޭ ކަމަށް ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން ކުންފުނިތަކުގެ ވެރިންނާއި ވިޔަފާރީގެ ތަޖުރިބާކާރު ބޭފުޅުން މި ކޮންވެންޝަންގައި ބައިވެރިވުމަކީ ރާއްޖެއަށް މިދާއިރާއިން ބޭރުގެ އިންވެސްޓްމެންޓުތަކަށް ދޮރުހުޅުވިގެންދާނެ ފުރުސަތަކަށް ވާނެއެވެ.

Advertisement

Advertisement
- ކޮމެންޓް