Advertisement
ކ. މާލެ
|
15 ނޮވެންބަރ 2022 | އަންގާރަ 18:15
ހައްޖުވެރިންގެ ފަހު ގްރޫޕް މާލެއައުން
ހައްޖުވެރިންގެ ފަހު ގްރޫޕް މާލެއައުން
ހައްޖު ކޯޕަރޭޝަން
ހައްޖާއި އުމްރާ
ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމު ހަރުދަނާކުރާ ބިލު ރައީސް އޮފީހަށް ފޮނުވައިފި
މި ބިލުގައި މައިގަނޑު 8 ބައެއް ވަނީ ހިމަނާފައި

ރާއްޖޭން ހައްޖާއި އުމްރާއަށް މީހުން ގެންދިއުމުގެ ނިޒާމު ހަރުދަނާ ކުރުމަށް "ހައްޖާއި އުމްރާގެ ބިލު" ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

އެޓަރނީ ޖެނެރަލްގެ އޮފީހުން މި ބިލު ރައީސް އޮފީހަށް ފޮނުވާފައިވަނީ އަންގާރަ ދުވަހުއެވެ. އެ އޮފީހުން ބުނެފައިވާ ގޮތުގައި، މި ބިލަކީ ހައްޖާއި އުމްރާގެ އަޅުކަން އަދާ ކުރުމަށް ރާއްޖޭން މީހުން ގެންދިއުމުގެ ނިޒާމު ހަރުދަނާކުރުމުގެ ގޮތުން އުސޫލުތަކެއް ކަނޑައެޅުމަށްޓަކައި ހުށަހަޅާ ބިލެކެވެ.

Advertisement

މި ބިލުގައި އޭޖީ އޮފީހުން ވަނީ 8 ކަމެއް ހިމަނާފައެވެ. އެއީ

  1. ދިވެހިރާއްޖޭގެ ހައްޖާއި އުމްރާގެ ޚިދުމަތް ދެވޭނީ ހައްޖާއި އުމްރާގެ ޚިދުމަތް ދޭ ސަރުކާރުގެ ކުންފުންޏާއި، ހައްޖާއި އުމްރާގެ ޚިދުމަތް ދިނުމުގެ ހުއްދަ އެ ގާނޫނުގެ ދަށުން ދެވޭ އަމިއްލަ ވިޔަފާރި ތަންތަން ކަމުގައި ކަނޑައެޅުމާގުޅޭ އުސޫލުތައް
  2. މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ މަސްއޫލިއްޔަތުތަކާއި އެ ކޯޕަރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ހަރުދަނާ ގޮތެއްގައި، އަދި އެކަށީގެންވާ ހެޔޮ އަގެއްގައި ފޯރުކޮށްދެމުން ގެންދިއުމުގެ ބޭނުމުގައި، ހައްޖާއި އުމްރާގެ ފަންޑެއް ގާއިމުކުރުމާއި، އެ ފަންޑަށް ޖަމާކުރެވޭ ފައިސާ އިންވެސްޓްކުރުމާ ގުޅޭ އުސޫލުތައް
  3. ހައްޖާއި އުމްރާގެ ޚިދުމަތް ދޭ ފަރާތްތަކުން ހައްޖުވެރިންނާއި އުމްރާވެރިންނަށް ދިނުން ލާޒިމް ޚިދުމަތްތަކާއި އިންތިޒާމުތައް އަދި އެ ޚިދުމަތްތަކާއި އިންތިޒާމުތައް ހުންނަންވާނެ އަސާސީ މިންގަނޑުތައް
  4. ހައްޖާއި އުމްރާގެ ޚިދުމަތްތަކަށް ފައިސާ ނެގުމުގައި ޚިދުމަތް ދޭ ފަރާތްތަކުން އަމަލު ކުރަން ޖެހޭ އުސޫލުތައް
  5. ހައްޖާއި އުމްރާގެ ޚިދުމަތް ފޯރުކޮށްދިނުމާ ގުޅޭ އާއްމު އުސޫލުތަކުގެ އިތުރުން، ހައްޖުގެ އަޅުކަމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދިނުމާ ގުޅޭ ޚާއްސަ އުސޫލުތައް
  6. ހައްޖާއި އުމްރާގެ ކަންކަމާ ގުޅޭގޮތުން އިސްލާމިކް މިިނިސްޓްރީން އަދާ ކުރަން ޖެހޭ މަސްއޫލިއްޔަތުތައް
  7. ގާނޫނާއި ގަވާއިދާ ޚިލާގަށް އަމަލުކުރާ ފަރާތްތަކާމެދު ފިޔަވަޅު އެޅޭނެ އުސޫލުތައް
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް