ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 13:04
ޔޫކޭގެ ފިނޭންސް މިނިސްޓަރު ޖެރެމީ ހަންޓް
ޔޫކޭގެ ފިނޭންސް މިނިސްޓަރު ޖެރެމީ ހަންޓް
ރޮއިޓާސް
ޔޫކޭގެ ޕަބްލިކް ފައިނޭންސިންގ
ޔޫކޭގެ ޕަބްލިކް ފައިނޭންސިންގ ހަރުދަނާކުރުމަށްޓަކައި ޓެކްސް ބޮޑުކުރަން ޖެހޭ: ފިނޭންސް މިނިސްޓަރު
ހަންޓް ވަނީ މިއީ ޤައުމަށް މުހިއްމު ނިންމުންތަކެއް ނިންމަންޖެހިފައިވާ ދަނޑިވަޅެއް ގޮތުގައި ސިފަ ކުރައްވާފައި
ބަޖެޓް ޕްލޭންގައި އިންވެސްޓަރުންގެ މެދުގައި އޮންނަ އިތުބާރު ދެމެހެއްޓުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ދޭނެ
ޕަބްލިކް ފައިނޭންސިންގ ހަރުދަނާ ކުރުމަށްޓަކައި ޓެކްސް ބޮޑުކުރަން ޖެހޭ

އިނގިރޭސިވިލާތަށް ދިމާވެފައިވާ އިޤްތިސާދީ އަނދަވަޅުން އަރައިގަނެ، ޕަބްލިކް ފައިނޭންސިންގ ހަރުދަނާ ކުރުމަށްޓަކައި ޓެކްސް ބޮޑުކުރަން ޖެހޭކަމަށް އެ ޤައުމުގެ ފިނޭންސް މިނިސްޓަރު ޖެރެމީ ހަންޓް ވިދާޅުވެއްޖެއެވެ.

ހަންޓްއާ ޙަވާލާދީ އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، އެ ޤައުމުގެ އައު ބޮޑު ވަޒީރު ރިޝީ ސުނާކްގެ ވެރިކަމުގައި ނެރުއްވާ ފުރަތަމަ ބަޖެޓް ޕްލޭންގައި އިންވެސްޓަރުންގެ މެދުގައި އޮންނަ އިތުބާރު ދެމެހެއްޓުމަށް ޚާއްސަ އަހަންމިއްޔަތުކަމެއް ވަނީ ދީފައެވެ. އެގޮތުން ކުރީގެ ބޮޑުވަޒީރު ލިޒް ޓްރަސްގެ ބޮޑުވަޒީރުކަމުގައި ހެއްދެވި ގޯސްތައް ރަނގަޅުކުރަން ބަޖެޓުގައި އަމާޒު ހިފާފައިވާކަމަށް އެ ޤައުމުގެ ނޫސްތަކުން ރިޕޯޓުކުރެއެވެ.

ސަންޑޭ ޓައިމްސްއަށް ދެއްވި ބަސްދީގަތުމެއްގައި ހަންޓް ވަނީ މިއީ ޤައުމަށް މުހިއްމު ނިންމުންތަކެއް ނިންމަންޖެހިފައިވާ ދަނޑިވަޅެއް ގޮތުގައި ސިފަ ކުރައްވާފައެވެ. އެގޮތުން ޤައުމަށް އެންމެ ފައިދާ ހުރި ނިންމުމެއްގެ ގޮތުގައި ޓެކްސް ބޮޑު ކުރުން މި ދަނޑިވަޅުގައި ހިމެނޭކަން އޭނާ ފާހަގަ ކުރެއްވިއެވެ. އެގޮތުން ޕަބްލިކް ފައިނޭންސިންގ ހަރުދަނާ ކުރުމަށްޓަކައި ޓެކްސް ބޮޑުކުރަން ޖެހޭކަމަށް އޭނާ ވިދާޅުވިއެވެ.

ރިޕޯޓުތައް ބުނާ ގޮތުގައި ޓެކްސް ބޮޑުކުރަން ނިންމުމަކީ އަނެއްކާވެސް ވެރިކަން ކުރާ ކޮންޒަވޭޓިވް ޕާޓީގެ ތެރޭގައި ހަލަބޮލިކަން އުފެދިގެން ދިއުމަށް މެދުވެރިވެދާނެ ސަބަބެކެވެ.

އިނގިރޭސި ބޮޑުވަޒީރުކަމުގެ މަގާމަށް ސުނާކް އައްޔަނުކުރެވިގެންދިޔައީ، އެ މަގާމުގައި ހުންނެވި ލިޒް ޓްރަސް މަގާމުން އިސްތިއުފާ ދެއްވާފައި ވަނިކޮށް، ކޮންޒަވޭޓިވް ޕާޓީގެ ލީޑަރު ކަމުގެ މަގާމަށް ވާދަ ކުރެއްވި ރޭހުން، ކުރީގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން އާއި ވާދަވެރި ޕެނީ މޯޑަންޓް ވެސް ވަކިވެވަޑައިގެންނެވުމުންނެވެ.

- ކޮމެންޓް