ކ. މާލެ
|
13 ނޮވެންބަރ 2022 | އާދީއްތަ 07:07
ލިވަޕޫލްއިން ކުޅުނު މެޗުގެ ތެރެއިން
ލިވަޕޫލްއިން ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
އިނގިރޭސި ޕްރިމިއާ ލީގު
ސައުތެމްޓަން ބަލިކޮށް ލިވަޕޫލް ހަ ވަނައަށް ޖެހިލައިފި
 
ލިވަޕޫލްގެ ދަނޑުގައި ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިން

އިނގިރޭސި ޕްރިިމިއާ ލީގުގައި ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ ލިވަޕޫލް ތާވަލްގެ ހަ ވަނަ މަގާމަށް ޖެހިލައިފިއެވެ.

ލިވަޕޫލްގެ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބުކުރީ 1-3 އިންނެވެ. މެޗުގެ ހުރިހާ ލަނޑެއް ވެސް ފެނުނީ ފުރަތަަމަ ހާފުގައެވެ.

މެޗު ފަށައިގެން ހަ ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑު ނަގައިދިނީ ރޮބާޓޯ ފިރްމީނޯއެވެ. އެއީ އެންޑްރިއު ރޮބާޓްސަން ތަނަވަސްކޮށްދިން ފުރުސަތަކުން އޭނާ ޖެހި ލަނޑެކެވެ. ނަމަވެސް އޭގެ ތިން މިނެޓު ފަހުން ސައުތެމްޓަންގެ ޗޭ އެޑަމް ވަނީ ލަނޑެއް ޖަހައި އެ ޓީމަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. މެޗުގައި ލިވަޕޫލްގެ ފަހު ދެ ލަނޑު ވެސް ޖެހީ ޑާވިން ނޫނޭޒްއެވެ. ހާވޭ އެލިއޮޓް ތަނަވަސްކޮށްދިން ފުރުސަތަކުން ނޫނޭޒް އޭނާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 21 ވަނަ މިނެޓުގައެވެ. ރޮބާޓްސަންގެ އެހީތެރިކަމާ އެކު ނޫނޭޒް ފަހު ލަނޑު ޖެހީ ފުރަތަމަ ހާފް ނިމެން ތިން މިނެޓަށްވެފައި ވަނިކޮށެވެ.

މެޗުން މޮޅުވެ ލިވަޕޫލް ހަ ވަނައިގައި އޮތީ އެ ޓީމު ކުޅުނު 14 މެޗުން 22 ޕޮއިންޓް ހޯދައިގެންނެވެ. މެޗުން ބަލިވި ސައުތެމްޓަން އޮތީ 15 މެޗުން 12 ޕޮއިންޓާ އެކު ރެލިގޭޝަން ޒޯންގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް