Advertisement
ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 17:09
ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަނީ
ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަނީ
ދާނިޝް ނިޡާމް އެމްއެންޑީއެފް
އެމްއެންޑީއެފް ކޯސްޓްގާޑް
ލޭންޑިންގ ކްރާފްޓެއް ބަންޑުން ޖަހާލައި އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދަނީ
ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުން

ލޭންޑިންގ ކްރާފްޓެއް ބަންޑުންޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް، އެމްއެންޑީއެފް ކޯސްޓްގާޑުން ހަރަކާތްތެރިވާން ފަށައިފިއެވެ.

އެކަމާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ، "ލިއޯ ސަކްސެސް" ނަމަކަށް ކިޔާ ލޭންޑިންގކްރާފްޓެއް ދިޔަވުމުގެ ސަބަބުން އެ ލޭންޑިންގކްރާފްޓް ބަންޑުން ޖަހާލައި، އެއިން ދަތުރުކުރި އެކަކު ގެއްލިގެން ހޯދުމަށް، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންއިން ހަރާކާތްތެރިވާން ފަށާފައިވާ ކަމަށެވެ.

މި ހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ ހޮނިހިރު ދުވަހުގެ މެންދުރު 12:50 އެހާއިރުއެވެ.

ގދ.ފަރެސްމާތޮޑާއިން ފުރައިގެން ހަތަރު މީހުންނާއިއެކު އައްޑޫއަށް ދަތުރުކުރަމުންދިޔަ ލޭންޑިންގކްރާފްޓް ދިޔަވާން ފެށީ ގދ.ފަރެސްމާތޮޑާގެ އުތުރުން 14 ނޯޓިކަލް މޭލް ބޭރުންކަމަށް އެމްއެންޑީއެފުން ބުނެއެވެ.

Advertisement

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި ދިޔަވެ ބަންޑުން ޖަހާލި ލޭންޑިންގ ކްރާފްޓުގައި ތިބި ފަޅުވެރިންގެ ތެރެއިން ތިން މީހުން ފުރަތަމަ ނަގާފައިވަނީ އެ ސަރަހައްދުން ދަތުރުކުރަމުންދިޔަ "ސީ ވީޑް" ނަމަކަށް ކިޔާ ދޯންޏަކަށެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ހާބަރ ކްރާފްޓުގައި މި ތިން ފަޅުވެރިން ހަވީރު 16:10 ހާއިރު ގދ.ވާދޫއަށް ގެންދެވިފައިވާއިރު، ހަތަރު ވަނަ ފަޅުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑް ފޯތު ސްކޮޑްރަންގެ ފާސްޓް އިންޓަރސެޕްޓަރ ކްރާފްޓް "މާފަތް" އަންނަނީ ކުރަމުންނެވެ.

ބޯޓުން ދަތުރު ކުރީ ދިވެހި ދެމީހުންނާއި ބޭރު ދެމީހުންނެވެ. މީގެތެރެއިން ގެއްލިގެން އުޅެނީ ބޭރު މީހެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް