Advertisement
ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 13:40
އޮމަދޫގައި ކުރިއަށްގެންދިޔަ ރަށު ސައްލާ ޕްރޮގްރާމް
އޮމަދޫގައި ކުރިއަށްގެންދިޔަ ރަށު ސައްލާ ޕްރޮގްރާމް
ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސް
ރަށު ސައްލާ ޕްރޮގްރާމް
"ކުދިންގެ ރައްކާތެރިކަމަށް ރަށު ސައްލާ" ޕްރޮގްރާމް އޮމަދޫގައި ކުރިއަށްގެންގޮސްފި
މި ޕްރޮގްރާމް ކުރިއަށްގެންދިޔައީ މިމަހުގެ 4ން 6ށް
މި ޕްރޮގްރާމުގެ ތެރެއިން، ދަރިވަރުންނަށް ކުރިމަތިވާ ކަންކަން ސާފުކޮށްފައިވޭ
ކަންކަން ހައްލުކުރެވޭނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައިވޭ

"ކުދިންގެ ރައްކާތެރިކަމަށް ރަށު ސައްލާ" ޕްރޮގްރާމް އދ. އޮމަދޫގައި ކުރިއަށްގެންގޮސްފިއެވެ.

މިއީ ޖެންޑަރ މިނިސްޓްރީގެ ދަށުން ހިންގާ ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސްއާއި އޮމަދޫ ކައުންސިލް ގުޅިގެން ކުރިއަށްގެންގޮސްފައިވާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 4ން 6އަށެވެ.

Advertisement

މި ޕްރޮގްރާމުގައި އޮޕަދޫ ސްކޫލުގެ ދަރިވަރުން ބައިވެރިވެފައިވާއިރު، މި ޕްރޮގްރާމުގެ ތެރެއިން, އެކުދިންނަށް ދިމާވާ މައްސަލަތައް ދެނެގަނެވިފައިވެއެވެ. އަދި މުޖުތަމައުގައި ހުރި ރަނގަޅު ކަންކަން ދެނެގަނެފައިވެއެވެ.

މި ޕްރޮގްރާމުގައި ދަރިވަރުންގެ ފަރާތުން ފާހަގަވި ކަންކަމުގެ މައްޗަަށް ބިނާކޮށް، އެކަންކަން ހައްލުކުރެވޭނެ ގޮތުގެ އެކްޝަން ޕްލޭނެއް ތައްޔާރުކޮށްފައިވެއެވެ. އަދި އެއަށްފަހު ދަރިވަރުންނާއެކު ކޮންސަލްޓޭޝަން ސެޝަންތަކެއް ކުރިއަށްގެންގޮސްފައިވާކަމަށާއި، އަދި އެކްޝަން ޕްލޭނުގައި ހުރި ކަންކަން ތަންފީޒުކުރުމަށް އޮމަދޫ ކައުންސިލާ ހަވާލުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެފައިވެއެވެ.

ސީއެފްޕީއެސްއިން ބުނީ މިފަދަ ޕްލެޓްފޯމެއް މެދުވެރިކޮށް ދަރިވަރުންނަށް މަޝްވަރާގެ މަރުހަލާގައާއި، ކަންކަން ނިންމުމުގެ މަރުހަލާގައި ބައިވެރިވުމުގެ ފުރުސަތު ދެވިފައިވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް