ކ. މާލެ
|
12 ނޮވެންބަރ 2022 | ހޮނިހިރު 12:40
އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ކުރިއަށްގެންދިޔަ އޮބްސްޓިކަލް ކޯހުގެ ތެރެއިން
އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން ކުރިއަށްގެންދިޔަ އޮބްސްޓިކަލް ކޯހުގެ ތެރެއިން
އެމްއެންޑީއެފް
ލ. އިހައްދޫ ސްކޫލް
ފަހެލި ކޭމްޕްގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާއިން އޮބްސްޓިކަލް ކޯހެއް ކުރިއަށްގެންގޮސްފި
މި އޮބްސްޓިކަލް ކޯހަކީ ތަފާތު ފިޒިކަލް އޮބްސްޓިކަލްތައް ހިމެނޭހެން ކުރިއަށްގެންދިޔަ ފިޒިކަލް ހަރަކާތެއް

ލ. އިހައްދޫ ސްކޫލުގައި ސްކައުޓުންނަށް ކުރިއަށްގެންދާ “ފަހެލި ކޭމްޕް 2022”ގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑުން އޮބްސްޓިކަލް ކޯހެއް ކުރިއަށްގެން ގޮސްފިއެވެ.

ނޮވެންބަރު 11 ވަނަ ދުވަހު އިހައްދޫ ސްކޫލުގައި ކުރިއަށް ގެންދިޔަ އޮބްސްޓިކަލް ކޯހަކީ ތަފާތު ފިޒިކަލް އޮބްސްޓިކަލްތައް ހިމެނޭހެން ކުރިއަށްގެންދިޔަ ފިޒިކަލް ހަރަކާތެކެވެ.

މި ހަރަކާތަކީ، ސްކައުޓުންގެ މޯޓިވޭޝަން މަތިކޮށް ޓީމްވޯކް ވަރުގަދަ ކުރުމުގެ ގޮތުންނާއި، ހައްޓަށް ބުރަކޮށް މަސައްކަތްކުރަންޖެހޭ ހާލަތްތަކުގައި ކުދިންގެ ވިސްނުމުގެ ގާބިލުކަން އިތުރުކުރުމަށާއި، ލީޑަރޝިޕްގެ ހުނަރު އަށަގެންނެވުމުގެގޮތުން ހިންގި ހަރަކާތެކެވެ.

މި ހަރަކާތުގައި އެ ސްކޫލުގެ 52 ސްކައުޓުން ބައިވެރިވެ، އޮބްސްޓިކަލް ރޭސް ފުރިހަމަކޮށްފައިވެއެވެ. އޮބްސްޓިކަލް ކޯސް ހިންގުމުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް