Advertisement
ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 18:48
މަހުފޫޒަށް ލިބުނު ފަރުވާއަށް އައިޖީއެމްއެޗްގައި އެއިރު ފަރުވާ ދެނީ
މަހުފޫޒަށް ލިބުނު ފަރުވާއަށް އައިޖީއެމްއެޗްގައި އެއިރު ފަރުވާ ދެނީ
ޓްވިޓަރ
މަހުފޫޒަށް ހަމަލާދިން މައްސަލަ
ގާނޫނީ ވަކީލު މަހްފޫޒަށް ހަމަލާދިން މައްސަލައިގައި އަޑުއެހުމެއް ތާވަލުކޮށްފި
އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:30 ގައި

ރައީސް މުހައްމަދު ނަޝީދުގެ ކުރީގެ ގާނޫނީ ވަކީލު މަހްފޫޒު ސައީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ މީހުންގެ ޝަރީއަތުގެ އަޑުއެހުމެއް ތާވަލުކޮށްފިއެވެ.

މި މައްސަލައިގައި ހިމެނޭ ރ. އިނގުރައިދޫ، ކަރަންކާގެ، ހުސެއިން ޝަފްރާޒް އިބްރާހިމް، މާލެ، މއ. ދަފްތަރު 6201 ފިރާޒް ޖައުފަރު، މާލެ، ހ. ސެނާ، ހާލިދު ނަފީއުގެ އިތުރުން ހުޅުމާލެ 11270 އަހުމަދު ރާއިދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުން ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައިވަނީ އާދިއްތަ ދުވަހުގެ ހެނދުނު 9:30 ގައެވެ.

ހުސެއިން ޝަފްރާޒް އިބްރާހިމުގެ މައްޗަށް ދައުލަތުން ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުނުކަމުގެ ދައުވާއެވެ. ދެން ތިބި މީހުންގެ މައްޗަށް ކުރަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމާއި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގައި ބައިވެރިވިކަމުގެ ދައުވާއެވެ.

Advertisement

ވަޅިން ހަމަލާދީފައި ވަނީ މަހުފޫޒުގެ މޫނުން ލޮލާ ދިމާލުން އަރިމަތީގައި ހުންނަ ހިނދިވަޅު ނުވަތަ އައިސޮކެޓްއާ ދިމާވާގޮތަށެވެ. އެހަމަލާއާއި ގުޅިގެން އައިޖީއެމްއެޗުގައި ކުރެވުނު އޮޕަރޭޝަނަކަށް ފަހު އިތުރު ފަރުވާއަށް މަހުފޫޒު ވަނީ ސްރީލަންކާއަށް ފޮނުވާފައެވެ.

މަހްފޫޒަށް ހަމަލާދީފައި ވަނީ 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު 4ވަނަ ދުވަހު ހަވީރު 5:00 އެހާކަންހާ އިރު މާވެޔޮ މަގުގައި ހުންނަ ވާދީ ފްރެޝް ފިހާރަ ކައިރިންނެވެ. މަހުފޫޒަށް ހަމަލާދީފައި ވަނީ ޖީއެން ސައިކަލެއްގައި ދިޔަ ދެ މީހެކެވެ. ހަމަލާދިނީ އޭނާ ފޯނު ކޯލެއް ކުރަން ސައިކަލްގައި އިށީންދެގެން އިންވަގުތުއެވެ. ހަމަލާ ދީފައިވަނީ އޭނާގެ ބޮލަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް