ކ. މާލެ
|
11 ނޮވެންބަރ 2022 | ހުކުރު 16:55
މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް
މިނިސްޓަރ އޮފް ހެލްތު އަހުމަދު ނަސީމް
ރާއްޖެއެމްވީ
ހެލްތު ޓޫރިޒަމް
ހެލްތު ޓޫރިޒަމް ކުރިއެރުވޭނެ، ޕްރޮޕޯސަލް ހުށަހަޅުއްވާ: ނަސީމް
 
ރާއްޖޭގައި ސިއްހީ ކަންކަން ކުރިއަރުވާ ރިސޯޓުތައް ހިންގޭނެ
 
ހެލްތު ޓޫރިޒަމުން ގިނަ ފައިދާތަކެއް ކުރާނެ

ރާއްޖޭގައި މިވަގުތު ހެލްތު ޓޫރިޒަމް ކުރިއެރުވުމަކީ ރަނގަޅު މަސައްކަތަކަށް ވާނެ ކަމަށް ހެލްތު މިނިސްޓަރ އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

ހެލްތު މިނިސްޓަރ މިފަދައިން ވިދާޅުވީ މި ސަރުކާރަށް ހަތަރު އަހަރު ފުރުމާ ގުޅިގެން ސިއްހީ ދާއިރާއިން މިވީ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ހޯދާފައިވާ ކާމިޔާބީތަކާ ގުޅޭގޮތުން ރާއްޖެޓީވީއަށް ދެއްވި ޚާއްސަ އިންޓަރވިއުގައެވެ.

މިނިސްޓަރ ނަސީމް ވިދާޅުވީ ހެލްތު ޓޫރިޒަމް ފަދަ ކަންކަމަކީ ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އޮންނަ ކަންކަން ކަމަށެވެ. މިހާރު މިކަން ރާއްޖެއަށް ގެންނަން ވެއްޖެކަމަށް ގަބޫލުކުރައްވާ ކަމަށާއި، މިއީ ފައިދާތަކެއްވެެސް ކުރާނެ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިގޮތުން ވިޔަފާރިތަކަށް ކުރާ ފައިދާގެ އިތުރުން ސިއްހީ ދާއިރާ، ޕްރައިވެޓް ސެކްޓަރަށް ހުޅުވިގެން ދާދިއުން މިނިސްޓަރ ނަސީމް ފާހަަގަކުރެއްވިއެވެ. އަދި ރާއްޖެއަކީ ރިސޯޓު ޓޫރިޒަމްގައި ފާހަގަކޮށްލެވޭ ގައުމަކަށްވާއިރު، ސިއްހީ ކަންކަން ކުރިއަރުވާ ރިސޯޓެއް ނުހިންގެންވީ ސަބަބެއް ނެތްކަމަށް މިނިސްޓަރ ނަސީމް ވިދާޅުވިއެވެ.

މިއީ ޕްރައިވެޓް ސެކްޓަރުން އިސްނަގައިގެން ކުރަންވީ ކަމެއް ކަމަށާއި، މިކަމުގައި ބައެއް ރިސޯޓުތަކާއެކު މަޝްވަރާކުރައްވާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ބައެއް ރިސޯޓުތަކުން މިކަމުގެ ޝައުގުވެރިކަން ފާޅުކުރަމުންދާކަން ފާހަގަކުރައްވައި މިނިސްޓަރ ވަނީ މިކަމުގެ ޕްރޮޕޯސަލްތައް ހުށަހެޅުމަށް ހިތްވަރުދެއްވާފައެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން މިނިސްޓަރ ނަސީމް ވަނީ ދެއްވާފައެވެ.

ރާއްޖޭގެ އިގްތިސާދު އެންމެ ބޮޑަށް ބިނާވަނީ ފަތުރުވެރިކަމަށެވެ. އެހެން ކަމަށްވާއިރު، ރާއްޖެއާ ގުޅޭނެފަދަ މޮޑިއުްތަކެއް ބޭނުންކޮށްގެން ފަތުރުވެރިކަން ފުޅާކުރުމަކީ މިހާރު ޚާއްސަ އިސްކަމެއް ދެމުންދާ ކަމެކެވެ. މިގޮތުން ސަގާފީ ކަންކަމާ ގުޅުވައިގެން ފަތުރުވެރިކަން ކުރިއެރުވުމާއި، ރާއްޖޭގެ ގުދުރަތީ ރީތި ވެއްޓާ ގުޅުވައިގެން ފަތުރުވެރިކަން ކުރިއެރުވުން ފާހަގަކޮށްލެވެއެވެ.

ސަގާފީ ކަންކަމާ ގުޅުވައިގެން ކުރިއެރުވިދާނެ ބައެއް ފަރުވާތަކުގެ ތެރޭގައި ލޮނުވެލިން މަސާޖް ކުރުމާއި ތެޔޮ އުގުޅުން އަދި ފަތްޕިލާވެލީގެ ފަރުވާ ފަދަ ކަންކަން ފާހަގަ ކޮށްލެވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
100%
0%
0%
ކޮމެންޓް