Advertisement
ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 19:32
ފެރިދޫ ކައުނސިލުން ފޯމުތައް އެމްޑީޕީގެ ޗެއަރޕާސަނާ ހަވާލުކުރައްވަނީ
ފެރިދޫ ކައުނސިލުން ފޯމުތައް އެމްޑީޕީގެ ޗެއަރޕާސަނާ ހަވާލުކުރައްވަނީ
އެމްޑީޕީ
ފެރިދޫ ކައުންސިލް
ސަރުކާރަށް ތާއީދުކޮށް ފެރިދޫގެ ހުރިހާ ކައުންސިލްރުން އެމްޑީޕީއާ ގުޅިއްޖެ
ފެރިދޫ ކައުންސިލްގައި ތިބީ މިނިވަން މެމްބަރުން
ކައުންސިލްގެ ހުރިހާ މެމްބަރުން އެމްޑީޕީއަށް ސޮއި ކުރީ ރައީސްގެ ތަރައްގީއަށް ތާއީދުކޮށް
2023 ގެ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބުކޮށްދިނުމަކީ އެ ކައުންސިލްގެ އަމާޒެއް

އއ. ފެރިދޫ ކައުންސިލްގެ ހުރިހާ މެމްބަރުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އަށް ސޮއި ކޮށްފިއެވެ.

ފެރިދޫ ކައުންސިލަށް ހޮވުނު ފަސް މެމްބަރުންނަކީ ވެސް މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަކުރައްވައިގެން ހޮވިފައިވާ މެމްބަރުންނެވެ. ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތެއްގައި އެ ކައުންސިލްގެ ރައީސް ވަނީ ކައުންސިލްގެ ހަތަރު މެމްބަރުން ހިމެނޭހެން 50 މީހުންގެ ފޯމު އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އާ ހަވާލުކޮށްފައެވެ. އެ ކައުންސިލްގައި ބާކީ ހުންނެވި މެމްބަރު ވަނީ މީގެ ކުރިން އެ ޕާޓީއަށް ސޮއިކުރައްވާ ފައެވެ.

Advertisement

މި ބައްދަލްވުމުގައި އެ ރަށު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސް ވެސް ވަނީ އެމްޑީޕީއަށް ސޮއި ކޮށްފައެެވެ.

"ރާއްޖެއެމްވީ" އަށް މައުލޫމާތު ދެއްވަމުން ފެރިދޫ ކައުންސިލްގެ ރައީސް، އިސްމާއިލް ޝާހު ވިދާޅުވީ ކައުންސިލްގެ ހުރިހާ މެމްބަރުން ވެސް އެމްޑީޕީއާ ގުޅިވަޑައިގަތީ މި ސަރުކާރުގެ ތަރައްގީ ފެނި އެ ތަރައްގީއާ މެދު ހިތްހަމަޖެހޭތީ ކަމަށެވެ. އެގޮތުން، ކޮވިޑުގެ ތެރޭގައި ވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ފެރިދޫ ހިމެނޭހެން ރާއްޖޭގެ ހުރިހާ ރަށަކަށްވެސް ތަރައްގީ ގެނައުމުގައި ތަފާތު ކުރުމެއް ނެތި ހަމަހަމަ ކަމާއެކު މަސައްކަތް ކުރެއްވި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ޝާހު ވިދާޅުވީ ފެރިދޫއަށް ފަހުގެ ތާރީހެއްގައި އެއްވެސް ރައީސަކު ނުކޮށްދެއްވާ ވަރަށް ރައީސް ޞާލިހުގެ ސަރުކާރުން ކަންކަން ކޮށްދީފައިވާ ކަމަށެވެ. އަދި މިހާރުވެސް ގިނަ ކަންކަން ކޮށްދެއްމުން އަންނަ ކަމަށާއި ރާއްޖެއަށް އުޖާލާ މުސްތަގުބަލެއް ގެނައުމަށް އެމަނިކުފާނު ވެރިކަމުގައި ހުރުން މުހިންމު ކަމަށް ކައުންސިލުން ގަބޫލު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފޯމުތައް ހާވާލުކުރުމަށްފަހު މުލިއާގޭގައި ރައީސް ފެރިދޫ ކައުންސިލްގެ މެމްބަރުންނާ ބައްދަލު ކުރެއްވިކަން ފާހަގަކުރައްވައި ޝާހު ވިދާޅުވީ އެމަނިކުފާނު މުޅި ރާއްޖެއަށް ވެސް އުއްމީދީ ވާހަކަފުޅުތަކެއް ދެއްކެވި ކަމަށެވެ.

ފެރިދޫ ކައުންސިލްގެ ރައީސްގެ މަގާމަށް ރައްޔިތުން ހޮވި ފުރަތަމަ ރައީސްގެ ހައިސިއްޔަތުން އެމްޑީޕީއާ ގުޅިވަޑައިގަތީ ރައްޔިތުންގެ ޙައްގުގައި ކަމަށް ވެސް ޝާހު ވިދާޅުވިއެވެ. އަދި އެ ކައުންސިލްގެ އަމާޒަކީ 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް