ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 17:40
މެމްބަރު ފަލާހު އާއި ބޮންޑެ
މެމްބަރު ފަލާހު އާއި ބޮންޑެ
ރާއްޖެއެމްވީ
2023 ވަނަ އަހަރުގެ ބަޖެޓް
ބަޖެޓަކީ ފޭކް ބަޖެޓެއް ކަަމަށް ބޮންޑެ ބުނުމުން ފަލާހު - "ތިއީ ސިޔާސީ ވާހަކަ، ތިވާހަކަ ދައްކަނީ އޮޅުވާލަން"
ބަޖެޓަށް ބޮންޑެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވޭ
އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރާ 32.1 ބިލިއަން ރުފިޔާގެ ތެރެއިން 23.5 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އުއްމީދުކުރޭ

އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 42.6 ބިލިއަން ރުފިޔާގެ ބަޖެޓަކީ "ފޭކް" ބަޖެޓެއް ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވުމުން އެއީ އޮޅުވާލަން ދައްކާ ސިޔާސީ ވާހަކަތަކެއް ކަމަށް ވިދާޅުވެ މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހް ބޮންޑެ އަށް ފާޑު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު މަޖިލީހުގެ ޖަލްސާގައި ބޮންޑެ ވަނީ ބަޖެޓުގައި އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށް ހިމަނާފައިވާކަންކަން ތަންފީޒުވާނެ ކަމާއި މެދު ސުވާލު އުފައްދަވާފައެވެ. އަދި އެކަންކަން ތަންފީޒު ނުކުރެވުނީމަ ދައުލަތަށް ގެއްލުންވާ ކަމަށް ފާހަގަކުރައްވާ އޭނާ ވަނީ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. އަދި ރައްޔިތުން ކަންކަމުގައި އެދުނީމަ، މިހާރު ސަލާން ޖަހަން ޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ބޮންޑެގެ އެ ވާހަކަތަކަށް ރައްދުދެއްވާ ފަލާހް ވިދާޅުވީ އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓަކީ އުންމީދީ ބަޖެޓެއް ކަަމަށެވެ. އަދި ބަޖެޓަކީ ފޭކް ބަޖެޓެއް ކަމަށް ބުނަނީ ސިޔާސީ ބޭނުމެއްގައި ކަމަށް ފަލާހް ވިދާޅުވިއެވެ. އަދި ބަޖެޓަށް ތައުރީފްކުރަނީ މެމްބަރުން ވިކިގެން ކަަމަށް ބުނާތީ އެކަމާއި މެދު ވެސް ފަލާހް ވަނީީ ނުރުހުން ފާޅުކުރައްވާފައެވެ.

ފަލާހުގެ އިތުރުން މަޖިލީހުގައި ވާހަކަދެއްކެވި އެމްޑީޕީގެ ގިނަ މެމްބަރުން ވަނީ ބަޖެޓަށް ތައުރީފްކުރައްވާ ވާހަކަދައްކަވާފައެވެ. އަންނަ އަހަރު ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރާ 32.1 ބިލިއަން ރުފިޔާގެ ތެރެއިން 23.5 ބިލިއަން ރުފިޔާ ޓެކްސްގެ ގޮތުގައި ލިބޭނެކަމަށް ސަރުކާރުން އުއްމީދު ކުރެއެެވެ. އަދި ބާކީ 6.5 ބިލިއަން ރުފިޔާ ޓެކްސް ނޫން ގޮތްގޮތުން ލިބޭނެ ކަމަށް ވެސް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.

- ކޮމެންޓް