ކ. މާލެ
|
9 ނޮވެންބަރ 2022 | ބުދަ 11:41
ޖުޑީޝަލް ސަރވިސް ކޮމިޝަން
ޖުޑީޝަލް ސަރވިސް ކޮމިޝަން
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓު
ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަ ސާބިތެއް ނުވި
އެ މައްސަލަ ބަލަމުންދާކަން ބަޔާންކޮށް 2020 ފެބްރުއަރީ 02 ވަނަ ދުވަހު ނޯޓިސް ދިން
އެ މައްސަލަ ބަލަން ފަށާފައިވަނީ ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއަކާއި ގުޅިގެން

ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓުގެ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމައިފިއެވެ.

ބުދަ ދުވަހު ޖޭއެސްސީން ބުނީ، ހުޅުމާލެ މެޖިސްޓްރޭޓް ކޯޓުގެ އިސްމެޖިސްޓްރޭޓް އަލްއުސްތާޛު އަމްޖަދު ޢަބްދުލްޣަނީއާ ގުޅޭގޮތުން ތަހުޤީޤު ކުރެވުނު ސުލޫކީ މައްސަލަ ސާބިތުނުވާކަމަށް އެ ކޮމިޝަނުން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ މައްސަލަ ބަލަން ފަށާފައިވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 22-1 ވަނަ މާއްދާގެ (ބ)ގެ ދަށުން  ކޮމިޝަނަށް ހުށަހެޅުނު ޝަކުވާއާ ގުޅިގެންނެވެ.

ޖޭއެސްސީން ވަނީ އޭރު އެ މައްސަލަ ބަލަމުންދާކަން ބަޔާންކޮށް 2020 ފެބްރުއަރީ 02 ވަނަ ދުވަހު ސުލޫކީ މައްސަލައާގުޅޭ ނޯޓިސް ވެސް މެޖިސްޓްރޭޓަށް ދީފައެވެ.

ޖޭއެސްސީން ބުނާ ގޮތުގައި އަލްއުސްތާޛު އަމްޖަދު ޢަބްދުލްޣަނީގެ ސުލޫކީ މައްސަލަ، ތަޙްޤީޤު ކުރެވި އެމައްސަލަ ސާބިތުނުވާކަމަށް ކޮމިޝަނުން ވަނީ ނިންމާފައެވެ. އެގޮތަށް ކޮމިޝަނުން ނިންމާފައިވަނީ 2022 ނޮވެމްބަރު 01 ވަނަ ދުވަހު ބޭއްވި ކޮމިޝަނުގެ 77 ވަނަ ބައްދަލުވުމުގައެވެ.

- ކޮމެންޓް