Advertisement
ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 21:09
ރައީސް ސާލިހުގެ އަރިހުގައި ރީކޯ މޫސާ މަނިކު
ރައީސް ސާލިހުގެ އަރިހުގައި ރީކޯ މޫސާ މަނިކު
ޓްވިޓަރ/ރީކޯމޫސާ
ރީކޯ މޫސަ އެމްޑީޕީއާ ގުޅުން
މޫސަ ޕާޓީއާ އަލުން ގުޅުމަކީ ލިބުނު އިތުރު ހިތްވަރެއް: ރައީސް
މޫސައަކީ އެމްޑީޕީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް
ގިނަ އަދަދެއްގެ މެމްބަރުން ގެންދަވަނީ މޫސައަށް މަރުހަބާ ވިދާޅުވަމުން
މޫސަ ވަނީ އެމްޑީޕީއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވުމަކީ ލިބިވަޑައިގެންނެވި އިތުރު ހިތްވަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރީކޯ މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނެވުމާ ގުޅިގެން މަރުހަބާ ވިދާޅުވެ ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މޫސައަކީ އެ ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

Advertisement

މޫސަ އަލުން އެ ޕާޓީއާ ގުޅިވަޑައިގެންނެވުމަކީ މުޅި ޕާޓީއަށްވެސް ލިބުނު އިތުރު ހިތްވަރެއް ކަމަށާއި، މޫސައަކީ އަބަދުވެސް އިސްލާހަށް މަސައްކަތްކުރައްވާ ބޭފުޅެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މޫސަ ވެސް ވަނީ ރައީސްއަށް ޝުކުރު އަދާކޮށް ޓްވީޓުކުރައްވާފައެވެ. އަދި އެމްޑީޕީއަކީ އެކުވެރިކަމާ އެއްބައިވަންތަކަމާއެކު މެމްބަރުން އުފަލާއެކު ހިތްހަމަ ޖެހިގެންއުޅޭ ޕާޓީއެއްކަމުގައި ލެއްވުން އެދި ދުއާކުރައްވާ ކަމަށް މޫސަ ވިދާޅުވެފައިވެއެވެ.

މީގެ އިތުރުންވެސް އެމްޑީޕީގެ ބައެއް އިސް ބޭފުޅުންވެސް ވަނީ މޫސައަށް މަރުހަބާ ވިދާޅުވެފައެވެ. މީގެ ތެރޭގައި އެ ޕާޓީގެ މިހާރުގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ފާހަގަކޮށްލެވެއެވެ.

ރީކޯ މޫސައަކީ އެމްޑީޕީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އޭނާ ވަނީ އެމްޑީޕީއަށް ދިގު މުއްދަތަކަށް އަގުހުރި ޚިދުމަތް ތަކެއް ކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް