Advertisement
ކ. މާލެ
|
8 ނޮވެންބަރ 2022 | އަންގާރަ 19:12
ރީކޯ މޫސަ އެމްޑީޕީއާ ގުޅިވަޑައިގެންނެވުން
ރީކޯ މޫސަ އެމްޑީޕީއާ ގުޅިވަޑައިގެންނެވުން
އެމްޑީޕީ
ރީކޯ މޫސަ އެމްޑީޕީއާ ގުޅިވަޑައިގަތުން
ރީކޯ މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފި
ރީކޯ މޫސަ ވަނީ އެމްޑީޕީއަށް ދިގު މުއްދަތަކަށް ޚިދުމަތްކޮށްދެއްވާފައި
މޫސައާ ފޯމު ހަވާލުކުރެއްވީ ރައީސްގެ އަރިހުގައި

މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު (ރީކޯ މޫސަ) އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިއެވެ.

ރީކޯ މޫސަ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންފައިވާކަން އެ ޕާޓީން ވަނީ ހާމަކޮށްފައެވެ. އަދި ޕާޓީއާ ގުޅިވަޑައިގެންފައިވާކަން ހާމަކޮށް، މޫސައަށް ފޯމު ހަވާލުކޮށް ފޮޓޯއެއް ޓްވިޓަރގައި ވަނީ ހިއްސާކޮށްފައެވެ.

Advertisement

ފޯމު ހަވާލުކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި، މިހާރުގެ ޗެއަރޕަރސަން ފައްޔާޒް އިސްމާއީލާއި، ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންގެ ހާޒިރުގައެވެ.

ރީކޯ މޫސަ އެމްޑީޕީން ވަކިކުރައްވާފައިވަނީ 2014 ވަނަ އަހަރުގެ ޑިސެމްބަރު މަހުއެވެ. އެއަށްފަހު އޭނާ ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ޕީޕީއެމްގައި ހަރަކާތްތެރިވެފައެވެ. އެހެންނަމަވެސް ފަހުން ސިޔާސީ މަސައްކަތްތަކާ ކޮންމެވެސް ވަރަކަށް ދުރަށް ޖެހިވަޑައިގެންނެވިއެވެ.

ރީކޯ މޫސައަކީ އެމްޑީޕީ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި އެއް ބޭފުޅެކެވެ. އަދި އެތައް އަހަރެއް ވަންދެން އެ ޕާޓީއަށް ގިނަ ޚިދުމަތްތަކެއް ވަނީ ކޮށްދެއްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް