ކ. މާލެ
|
7 ނޮވެންބަރ 2022 | ހޯމަ 14:29
މުހައްމަދު ފިރާޒް
މުހައްމަދު ފިރާޒް
ރާއްޖެއެމްވީ
ޕީސީބީގެ ނައިބު ރައީސް
ޕީސީބީގެ ނައިބު ރައީސްކަމަށް ފިރާޟް އަށް ރުހުންދީފި
ރުހުން ދޭން ފެންނަ ކަމަށް 57 މެންބަރުން ވޯޓު ދެއްވި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މުޙައްމަދު ފިރާޟް އަށް ރައްޔިތުންގެ މަޖިލީހުން ރުހުންދީފިއެވެ.

ޤާނޫނު ނަންބަރު 3/2013 (ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓްކުރުމުގެ ޤާނޫނު) ގެ 9 ވަނަ މާއްދާގެ (ހ) އާއި (ށ) ގައިވާ ގޮތުގެމަތިން، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްކަމުގެ މަޤާމަށް ޢައްޔަންކުރައްވާފައިވާ މުޙައްމަދު ފިރާޟް، އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވާ މައްސަލަ ދިރާސާ ކުރުމަށްފަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ޅ) ގައިވާ ގޮތުގެމަތިން، މި ކޮމިޓީގެ ބައްދަލުވުމަށް އެވަގުތު ހާޒިރުވެ ވޯޓު ދިން 9 މެންބަރުންގެ އަޣުލަބިއްޔަތުން މި ކޮމިޓީން ނިންމާފައިވާ ގޮތުގެ މައްޗަށް ރިޢާޔަތްކޮށްދެއްވައި، މި މައްސަލައާމެދު މަޖިލީހުންގެ ގޮތެއް ނިންމަވައި ދެއްވުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 201 ވަނަ މާއްދާގެ (ކ) ގެ ދަށުން މި ރިޕޯޓު މަޖިލީހަށް ހުށަހަޅާފައިވެއެވެ.

މުޙައްމަދު ފިރާޟް އަށް ރުހުން ދިނުމާ މެދު ނެގުނު ވޯޓުގައި ރުހުން ދިނުމަށް 57 މެންބަރުންގެ އަގުލަބިއްޔަތުން ވަނީ ފާސްކޮށްފައެވެ.

މުހައްމަދު ފިރާޟަކީ އެމްޑީޕީގެ ޕްރައިމަރީގައި ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާއަށް ވާދަކުރެއްވި ބޭފުޅެކެވެ.

- ކޮމެންޓް