ކ. މާލެ
|
6 ނޮވެންބަރ 2022 | އާދީއްތަ 21:54
އެސްޓަން ވިލާ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
އެސްޓަން ވިލާ އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗުގެ ތެރެއިން
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
ގިނަ ދުވަސްތަކަކަށްފަހު ރޮނާލްޑޯއަށް ކެޕްޓަންކަން ދިން މެޗުން ޔުނައިޓެޑް ބަލިވެއްޖެ!
މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ ފަސްވަނާގައި އޮތީ 12 މެޗުން 23 ޕޮއިންޓު ހޯދައިގެން
ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 3-1ން ކާމިޔާބުކުރީ އެސްޓަން ވިލާ

ގިނަ ދުވަސްތަކަކަށްފަހު ރޮނާލްޑޯއަށް މެންޗެސްޓަރ ޔުނައިޓެޑްގެ ކެޕްޓަންކަން ދިން ފުރަތަމަ މެޗުން މެންޗެސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

އެސްޓަން ވިލާގެ ވިލާ ޕާކް ސްޓޭޑިއަމްގައި އާދީއްތަ ދުވަހު މެންޗެސްޓަރ ޔުނައިޓެޑާއި އެސްޓަން ވިލާ ބައްދަލުކުރި މެޗު 3-1ން ކާމިޔާބުކުރީ އެސްޓަން ވިލާއެވެ. މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުން ރޮނާލްޑޯއަށް ޔުނައިޓެޑްގެ ކެޕްޓަން ބޭންޑް ދިން ފުރަތަމަ ފަހަރެވެ. ނަމަވެސް މި މެޗުގައި ޓީމުން އުންމީދު ކުރިވަރުގެ ކުޅުމެއް ރޮނާލްޑޯއަށް ނުދެއްކެއެވެ. ލަނޑެއް ނުޖެހުނުއިރު، ރީންދޫ ކާޑެއް ހޯދިއެވެ.

މެޗުގެ ހަތްވަނަ މިނެޓުގައި އެސްޓަންއަށް ލީޑު ނަގައިދިނީ ލިއޯން ބެއިލީއެވެ. އޭގެ ތިން މިނެޓު ފަހުން އެޓީމަށް ލީޑު ފުޅާކޮށްދިނީ ލޫކާ ޑިންޔާއެވެ. އެސްޓަންގެ ފަހު ލަނޑު ދެވަނަ ހާފުގައި ޖެހީ ޖޭކޮބް ރަމްސޭއެވެ. މި މެޗުގައި ޔުނައިޓެޑްގެ ހަމައެކަނި ލަނޑަކީ އެސްޓަންގެ ރަމްސޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާއާއެކު މެންޗެސްޓަރ ޔުނައިޓެޑް ތާވަލުގެ ފަސްވަނާގައި އޮތީ 12 މެޗުން 23 ޕޮއިންޓު ހޯދައިގެންނެވެ. މެޗުން މޮޅުވި އެސްޓަން ވިލާއަށް 14 މެޗުން ލިބުނު 15 ޕޮއިންޓާއެކު އޮތީ ތާވަލުގެ 13 ވަނަ މަގާމުގައެވެ. އެއްވަނާގައި އޮތީ 13 މެޗުން 34 ޕޮއިންޓު ހޯދި އާސެނަލްއެވެ.

- ކޮމެންޓް