Advertisement
ކ. މާލެ
|
5 ނޮވެންބަރ 2022 | ހޮނިހިރު 05:11
ނަހުލާ އަށް މުހައްމަދު އިސްމާއިލް ކުރި މެސެޖުތައް
ނަހުލާ އަށް މުހައްމަދު އިސްމާއިލް ކުރި މެސެޖުތައް
ރާއްޖެއެމްވީ
ޕީޕީއެމްގެ އެތެރޭގެ އިންތިޚާބު
"ނަހުލާ އާ ދެކޮޅަށް ޕީޕީއެމް އިން ބަޔާން ނެރުނީ، ވަކި ކެނޑިޑޭޓަކަށް ތާއީދުނުކުރުމުން"
ނަހުލާ އަށް މުހައްމަދު އިސްމާއިލް ވަނީ ހަޑިހުތުރުބަހުން މުއާމަލާތުކޮށް މެސެޖުކޮށްފައި

މާލޭ ސިޓީ ކައުންސިލްގެ މެންބަރު ނަހުލާ އަލީ ޕީޕީއެމްއިން ވަކިކޮށްފައި ހުއްޓާ އެ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ހަމަނުޖެހުން އުފައްދާ ކަމަށް ބުނެ ނަހުލާ އާއި ދެކޮޅަށް ޕީޕީއެމް އިން ބަޔާން ނެރުނީ، އޭނާގެ ތާއީދަށް އެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކު އެދުމުން ނަހުލާ އެކަމަށް އިންކާރުކުރުމުންކަން ހާމަވެއްޖެއެވެ.

ރާއްޖެ ޓީވީ އަށް ވެސް ލިބިފައިވާ މެސެޖުތަކުން އިދިކޮޅު ޕީޕީއެމްގެ ހަރަކާތު ކޮމެޓީގެ ޗެއާ އަދި ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއިލް އޭނާ ޕީޕީއެމްގެ އެތެރޭގެ އިންތިޚާބުގައި ވިލިގިލީ ދައިރާ އަށް ވާދަކުރައްވާ ކަމާއި އެ އިންތިޚާބުގައި ނަހުލާ ފުރިހަމަ ތާއީދު ބޭނުންވާ ކަަމަށް ވަނީ ބުނެފައެވެ. އެފަދަ މެސެޖެއް މުހައްމަދު އިސްމާއިލް ނަހުލާ އަށް ކުރައްވާފައި ވަނީ އޭނާ ނަހުލާ އަށް ތަކުރާރުކޮށް ގުޅުއްވުމުން ފޯނު ނުނެންގެވުމުންކަން އެނގެއެވެ. މުހައްމަދު އިސްމާއިލް އެގޮތަށް ނަހުލާ އަށް ގުޅުއްވުމުން ފޯނަށް ޖަވާބު ނުދެއްްވާ ނަހުލާ ވަނީ "ކީކޭތޯ" މިފަދައިން އޭނާ އަށް މެސެޖުކުރައްވާފައެވެ.

Advertisement

ޕީޕީއެމް އިންތިޚާބުގައި ނަހުލާގެ ތާއީދު ބޭނުންވާ ކަަމަށް އޭނާ ވިދާޅުވީ އެ ހިސާބުންނެވެ. އެހެންނަމަވެސް ނަހުލާ އޭނާ އަށް ތާއީދެއް ނުކުރައްވައެވެ. އޭގެ ފަހުން ޕީޕިއެމް އިން ވަނީ ޕީޕީއެމްއިން ވަކިކޮށްފައި ހުއްޓާ އެ ޕާޓީގެ އެތެރޭގެ އިންތިހާބަކަށް ހަމަނުޖެހުން އުފެދޭނެ ގޮތަށް ކެމްޕޭން ކުރަމުންދާ ކަމަށް ބުނެ ނަހުލާ އާއި ދެކޮޅަށް ބަޔާނެއް ނެރެފައެވެ. ނަމަވެސް ނަހުލާ ވަނީ އެކަން ދޮގުކުރައްވާފައެވެ. މީގެ އިތުރުން ނަހުލާ ވަނީ ޕީޕިއެމް އިން އޭނާ އާއި ދެކޮޅަށް ދެ ބަޔާން ނެރެފައިވާ ކަމަށާއި، އެ ބަޔާންތަކުގައި އާނާގެ އިތުރުން އޭނާގެ މަންމަގެ ނަން ހިމަނައިގެން ދޮގު ބަޔާންތައް ނެރެފައިވާ ކަމަށް ވިދާޅުވެފައެވެ. އަދި ނަހުލާ ވަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރުމުން ޕީޕިއެމް އިން އެނާގެ އަބުރު ކަތިލަމުންދާ ކަަމަށް ވެސް ވިދާޅުވެފައެވެ.

ނަހުލާ އަށް މުހައްމަދު އިސްމާއިލް ކުރި މެސެޖެއްގައި ބުނެފައި ވަނީ "އޮންނާނީ ބަޔާން" ނެރެފައި ކަމަށެވެ. އަދި ނަހުލާ އަަށް ނަހުލާގެ ސައިޒް ދައްކާލާނެ ކަމަށް ބުނެ އޭނާ އާއި ހަޑި ހުތުރުބަހުން މުއާމަލާތުކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް