ކ. މާލެ
|
1 ނޮވެންބަރ 2022 | އަންގާރަ 09:43
ފްރީ ޑައިވް ހަރަކާތް "ނޭވާ 2" އަށް ގިނިސް ވޯލްޑް ރެކޯޑު ރަސްމީކޮށް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން
ފްރީ ޑައިވް ހަރަކާތް "ނޭވާ 2" އަށް ގިނިސް ވޯލްޑް ރެކޯޑު ރަސްމީކޮށް ހަވާލުކުރި ރަސްމިއްޔާތުގެ ތެރެއިން
ރައީސް އޮފީސް
ނޭވާ 2
ފްރީ ޑައިވް ހަރަކާތް "ނޭވާ 2" އަށް ގިނިސް ވޯލްޑް ރެކޯޑު ރަސްމީކޮށް ހަވާލުކޮށްފި
މި ހަރަކާތުގައި ބައިވެރިވިކަމަށްޓަކައި ރައީސް ޞާލިހުގެ އާއިލާއަށް ހަނދާނީ ފިލާ އާއި އެވޯޑު އަރުވާފައިވޭ
"ނޭވާ 2" ހަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ބޮޑު ހަރަކާތެއް
މި ހަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއް ވަގުތެއްގައިވަނީ ކުރިއަށް ގެންގޮސްފައި

ދުނިޔޭގެ ރެކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ރާއްޖޭގައި ކުރިއަށްގެންދިޔަ ފްރީޑައިވް ހަރަކާތަށް ލިބުނު ރެކޯޑު ރަސްމީކޮށް ހަވާލުކޮށްފިއެވެ.

މި އެވޯޑު ހަވާލުކޮށްފައިވަނީ "ނޭވާ 2" ފްރީ ޑައިވިންގެ ރެކޯޑާއި ގުޅިގެން ބޭއްވި ގާލާ ޑިނަރ ނައިޓުގައެވެ. މި އެވޯޑު ރާއްޖެ އަށް ހަވާލުކޮށްދެއްވީ ގިނިސް ރެޕްރެޒެންޓޭޓިވް ސުވަކްނިލް ދަންރިކާއެވެ. އަދި އެވޯޑާ ރާއްޖެއިން ހަވާލުވީ ފްރީޑައިވް އެޕް މޯލްޑިވްސްގެ ފައުންޑަރ ފަހުދު ފާއިޒްއެވެ.

ހޯމަ ދުވަހު ކްރޮސް ރޯޑްސްގައި ބޭއްވި ގާލާ ނައިޓްގައި ވަނީ މި ހަރަކާތުގައި ބައިވެރިވިކަމަށްޓަކައި ރައީސް ޞާލިހުގެ އާއިލާ އަށް ހަނދާނީ ފިލާ އާއި އެވޯޑު އަރުވާފައެވެ. ހަނދާނީ ފިލާ އާއި އެވޯޑާއި ހަވާލުވެވަޑައިގެންނެވީ ރައީސް ޞާލިހެވެ.

"ނޭވާ 2"ގެ ނަމުގައި ކްރޮސް ރޯޑްސްގައި ބެއްވި ހަރަކާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގެންފައިވާއިރު "ފްރީޑައިވް މޯލްޑިވްސް" އިން އިންތިޒާމުކުރި "ނޭވާ 2" ޙަރަކާތަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ރަން އަހަރާއި ދިމާކޮށް ރާއްޖޭގެ ނަން "ގިނީސް ވޯލްޑް ރެކޯޑް" ފޮތަށް އެރުވުމަށް ހިންގި ބޮޑު ހަރަކާތެކެވެ. 

މި ހަރަކާތް ރާއްޖޭގެ 12 ރިސޯޓެއްގައި އެއް ވަގުތެއްގައިވަނީ ކުރިއަށް ގެންގޮސްފައެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ އެކި ފަރާތްތައް ހިމެނޭހެން 459 މީހަކު ބައިވެރިވެފައިވާއިރު ރެކޯޑުގައި ހަމަޖެހިފައިވާ ގައިޑްލައިންގައިވާ ގޮތަށް އެއް މިނެޓު ތިރީސް ސިކުންތު ކަނޑު އަޑީގައި ހިފަހައްޓާލެވުނީ 455 މީހަކަށެވެ.

2019 ވަނަ އަހަރު ކުރިއަށްގެންދިޔަ މީގެ ފުރަތަމަ ހަރަކާތުގައި ރާއްޖެ އިން ވަނީ ފްރީ ޑައިވް ކުރުމުގެ ވޯލްޑް ރެކޯޑެއް ޤާއިމްކޮށްފައެވެ. އެފަހަރުގެ ހަރަކާތުގައި 521 މީހުން ވަނީ ބައިވެރިވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް