ކ. މާލެ
|
28 އޮކްޓޯބަރ 2022 | ހުކުރު 14:18
ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހުއްޓުވި މައްސަލަ ހައިކޯޓަށް ވަނީ ހުށަހަޅާފައި
ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހުއްޓުވި މައްސަލަ ހައިކޯޓަށް ވަނީ ހުށަހަޅާފައި
ރާއްޖެއެމްވީ
އުޅަނދުގެ ރަޖިސްޓްރީ ބާތިލުކުރުން
ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލުކުރުން ހުއްޓުވި މައްސަލަ އިސްތިއުނާފުކޮށްފި
 
ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނޭ

ސޮއި ފޯޖުކޮށްގެން ގަވާއިދާ ހިލާފަށް ރަޖިސްޓްރީކޮށްފައިވާ އެއްގަމު އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކުރި ނިންމުމަށް އަމަލުނުކުރުމަށް ސިވިލް ކޯޓުން ނިންމި ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށްފިއެވެ.

ސިވިލް ކޯޓުގެ މި ނިންމުން އިސްތިއުނާފުކޮށްފައިވަނީ ހައިކޯޓުގައެވެ. ސޮއި ފޯޖުކޮށްގެން 200 އެއްހާ އުޅަނދު ރަޖިސްޓްރީކޮށްފައިވާކަން މިހާރު ހަދަމުން އަންނަ އިންޓާނަލް އޮޑިޓްގެ ތެރެއިން ފާހަގަކުރެވިގެން ޓްރާންސްޕޯޓު މިނިސްްރީން އެ ރަޖިސްޓްރީތައް ބާތިލުކޮށްފައިވެއެވެ.

އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލު ކުރި މައްސަލަ، އެ އުޅަނދުތަކުގެ ވެރިފަރާތުން ސިވިލް ކޯޓަށް ހުށަހެޅުމުން ސިވިލް ކޯޓުން ވަނީ މި ދައުވާއަކީ ދައުލަތުގެ އިދާރާއިން އެޅި ފިޔަވަޅަކާއި ގުޅިގެން ހުށަހެޅުނު ޖުޑިޝަލް ރިވިއުގެ ދައުވާއެއްކަމުގައި ވާއިރު، ދައުލަތުގެ އެ އިދާރާގެ ނިންމުމުގެ ސަބަބުން އުޅަނދުތަކުގެ ރަޖިސްޓްރީތަކެއް ބާތިލުވެގެންދާ ކަމާއި، އެ އުޅަނދުތަކުގެ ތެރޭގައި ރަޖިސްޓްރީ ދޫކުރި ފަހުން އަހަރުތަކެއް ވެފައިވާ އުޅަނދުތައް ހިމެނޭ ކަމަށެވެ.

އަދި ކުއްލި ގޮތަކަށް އެ ރަޖިސްޓްރީތައް ބާތިލުކުރި އިރު، ބާތިލުކުރެވުނީ ކޮން ސަބަބަކާއި ހުރެކަން އެ އުޅަނދުތަކުގެ ވެރިފަރާތްތަކަށް އަންގާފައި ނެތްކަން ދެފަރާތުގެ ބަހުން އެނގެން އޮތަތީ އާއި މި ބާވަތުގެ ދައުވާގެ ތެރެއިން ނެރެދިނުމަށް އެދޭ ވަގުތީ އަމުރެއްގައި، ވަގުތީ އަމުރު ރައްދުވާ ފަރާތުން ނުވަތަ އެ އިދާރާއިން އެޅި އެ ފިޔަވަޅަކީ އުސޫލުތަކާ އެއްގޮތަށް އަޅާފައިވާ ފިޔަވަޅެއްކަން އެ ހިނދަށް ފެންނަން ހުރި ހަގީގަތްތަކުގެ ތެރޭގައި އޮޅުން އަރާފަދަ ގޮތަކަށް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެ އިދާރާގެ އެ ނިންމުމާމެދު ގޮތެއް ކަނޑައެޅެން އޮތީ މައްސަލަ މައުޟޫގައި ބެލިގެންކަމުގައިވާނަމަ، ދައުވާ އުފުލުނު ކަންތައް ނުވަތަ ޚުޞޫމާތު އުފެދުމާ ހަމައަށް އޮތް ހާލަތުގައި ބޭއްވުމަކީ ކޯޓުން ރިއާޔަތްކުރަން ޖެހޭ ކަމެއް ކަމަށެވެ.

ސިވިލް ކޯޓުގެ އަމުރުގައި ބުނެފައިވަނީ ކޯޓުން ވަކިގޮތެއް ކަނޑައެޅުމުގެ ކުރިއަށް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ 7 ސެޕްޓެމްބަރުގެ އިއުލާން އަދި 26 ސެޕްޓެމްބަރުގެ އިއުލާނު ތަންފީޒުކުރުމުގެ ގޮތުން އެއްވެސް ފިޔަވަޅެއް ނޭޅުމަށާއި، އެ އިއުލާނުތަކުން ބާތިލުކަމަށް ކަނޑައަޅާފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީއަކީ މިހިނދަށް ބާތިލުވެފައިވާ ރަޖިސްޓްރީތަކެއް ކަމުގައި ނުބެލުމަށެވެ. އަދި އެ އިއުލާނުތަކުން ރަޖިސްޓްރީ ބާތިލުކޮށްފައިވާ އުޅަނދުތަކަށް ހިދުމަތް ދިނުމުގައި އެއްވެސް ތަފާތުކުރުމެއް ނުގެންގުޅުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނާއި ކަމާއިބެހޭ އެންމެހައި އިދާރާތަކަށް އަންގާ އަމުރުކުރާ ކަމަށެވެ.

މި މައްސަލަ އިސްތިއުނާފުކުރުމަށް އަންގާރަ ދުވަހު އެޓާނީ ޖެނެރަލްގެ އޮފީހަށް ޓްރާންސްޕޯޓް މިނިސްޓްރީން ފޮނުވާފައިވާ އިރު، މި މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ހަމަދު ވިދާޅުވީ އެ ރަޖިސްޓަރީތައް ދޫކުރީ ޓްރާންސްޕޯޓް މިނިސްޓްރީއަކުން ނޫން ކަމަށެވެ. އަދި އެއީ ބޭރުތެރޭގައި ދައުރުވާ ލިޔެކިޔުންތަކެއް ކަމަށާއި، ސިސްޓަމަށް ވަދެގެން އެ ރަޖިސްޓްރީތައް ހިމަނާފައިވާ ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނާއި ހަދަމުންދާ އޮޑިޓުގެ ތެރެއިން އޮޅުވާލައިގެން ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތައް ފެންނަމުންދާ ކަމަށް މިނިސްޓަރު އައިޝަތު ނަހުލާ ވެސް ވަނީ ވިދާޅުވެފައެވެ. އަދި ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލު ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ. ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވަނީ ގަވާއިދާ އެއްގޮތަށް އުޅަނދުތައް ރަޖިސްޓްރީ ކުރުމަށް އިލްތިމާސް ކުރައްވާފައެވެ.

ޒީރޯ ޓޮލެރެންސް ޓު ކޮރަޕްޝަނަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވައުދުފުޅެއް ކަމަށާއި ވަކި މީހަކަށް ބެލުމެއް ނެތި ކޮރަޕްޝަން ހުއްޓުވުމަށް އަޅަންޖެހޭ ކޮންމެ ފިޔަވަޅެއް އަޅުއްވާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ. އަދި އެ ކަންތައްތައް ހަމަ މަގަށް އެޅުމުގައި އެއްވެސް ފަސްޖެހުމެއް ނެތި މަސައްކަތް ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީން ދަނީ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުތަކުގެ ރަޖިސްޓްރީ ބާތިލުކޮށް، އެކަން އާންމުކޮށް އަންގާ އިއުލާން ކުރަމުންނެވެ. އެގޮތަށް ރަޖިސްޓްރީ ބާތިލުކުރާ އުޅަނދުތަކުގެ ތެރޭގައި ރާއްޖޭގައި ރަޖިސްޓްރީ ކުރެވޭ އުމުރު ހަމަވެފައިވާ ވެހިކަލްތަކާއި، ގަވާއިދާ ހިލާފަށް މާލޭ ޒޯނަށް ރަޖިސްޓްރީ ބަދަލުކޮށްފައިވާ ވެހިކަލްތައް ހިމެނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް
ގުޅުންހުރި
މަރުގެ މައްސަލައެއްގައި ސުޕްރީމް ކޯޓުން އެންގުމުންވެސް ހައިކޯޓުގައި އަޑުއެހުމެއް ނުބޭއްވި، ފަނޑިޔާރުން ޗުއްޓީގައި
"ވަގަށް މަސްވެރިކަންކޮށްގެން އިންޑިއާގެ ބޯޓެއް ކުރި ޖޫރިމަނާ މަޢާފުކުރީ ރައީސް އޮފީހުގެ ސިޓީއަކުން"
ޓެކްސީގެ އަގުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް މީޓަރު ޓެކްސީ ވަރަށް އަވަހަށް ތައާރަފްކުރާނަން: ޓްރާންސްޕޯޓު މިނިސްޓްރީ
އެއާޕޯޓް ޓެކްސީ ކިއޫގައި މައްސަލަ އުޅޭކަމަށް ދައްކައިގެން ސަރުކާރުން އުޅެނީ ޓެކްސީގެ ވިޔަފާރީގެ ތެރެއަށް ވަންނަން: ޑްރައިވަރުން
މާލެ ސަރަހައްދުގައި ޓެކްސީ ކުރާ އައު އަގުތައް ސަރުކާރުން ކަނޑައަޅައިފި
ކުރިއަށްވުރެ ބޮޑު އަގުގައި ޑޮމެއިން ވިއްކުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ތައްޔާރުވަނީ
އިސްތިއުނާފު މަރުޙަލާ ނިމެންދެން ސައްމާހު ބަންދުކުރަންޖެހޭ ޙާލަތެއް ނެތްކަމަށް ހައިކޯޓުން ނިންމީ ރަނގަޅަކަށް ނޫން
ޖިންސީ ގޯނާ ކުރިކަމުގެ ދައުވާ އުފުލާފައިވާ މީހަކު ޝަރުތުތަކާއެކު ދޫކޮށްލީ ރަނގަޅަށް ނޫންކަމަށް ހައިކޯޓުން ނިންމައިފި