ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 21:14
ރިޝީ ސުނާކް
ރިޝީ ސުނާކް
ރޮއިޓާސް
އިނގިރޭސިވިލާތް
އިނގިރޭސިވިލާތުގެ ބޮޑުވަޒީރުކަމަށް ރިޝީ ސުނާކް
 
މިހާރު ކޮންޒަވޭޓިވް ޕާޓީގެ ލީޑަރަކީ ސުނާކް
 
ސުނާކްއާ ވާދަ ކުރެއްވި ދެ ކެނޑިޑޭޓުންވެސް ވަނީ އަމިއްލަފުޅަށް ރޭހުން ބޭރުވެވަޑައިގެންފައި
 
ސުނާކްގެ ސަރުކާރު އެކުލަވާލައްވާނީ ރަސްގެފާނު ޗާލްސް

އިނގިރޭސިވިލާތުގެ ވެރިކަންކުރާ ޕާޓީގެ ލީޑަރުކަމަށް, އެ ގައުމުގެ ކުރީގެ ފިނޭންސް މިނިސްޓަރު ރިޝީ ސުނާކް އައްޔަންކޮށްފިއެވެ.

މިއާއެކު އެ ގައުމުގައި މިހާރު ހުސްވެފައިވާ ބޮޑުވަޒީރު ކަމުގެ މަގާމަށްވެސް ވަޑައިގަންނަވާނީ ސުނާކްއެވެ. އެކަން ކޮންޒަވޭޓިވް ޕާޓީން އިއުލާން ކޮށްފައިވަނީ ހޯމަ ދުވަހުއެެވެ.

ސުނާކް އެ ޕާޓީގެ ލީޑަރަކަށް އައްޔަންކޮށްފައިވަނީ އޭނާއާއެކު އެ މަގާމަށް ވާދަކުރެއްވި ބޮރިސް ޖޯންސަންއާއި ޕެނީ މޯރޑޮންޓް އަމިއްލަފުޅަށް ރޭހުން ބޭރުވެވަޑައިގަތުމުންނެވެ.

ކޮންޒަވޭޓިވް ޕާޓީގެ މި ނިންމުމާއެކު، އެ ގައުމުގެ ބޮޑުވަޒީރުކަމުން އިސްތިއުފާދެއްވި ލިޒް ޓްރަސް، އެކަމަނާގެ އިސްތިއުފާގެ ސިޓީފުޅު ރަސްމީކޮށް، އެ ގައުމުގެ ރަސްގެފާނު ޗާލްސްއަށް އަރުވާނެއެވެ. އެއަށްފަހު ޗާލްސް ސުނާކްއަށް ދައުވަތު ދެއްވައި، އާ ސަރުކާރެއް އެކުލަވާލައްވާނެއެވެ. ނަމަވެސް މި ސަރުކާރު އެލަވާލައްވާނެ ތާރީޚެއް އަދި އިއުލާންކޮށްފައެއްނުވެއެވެ.

ސުނާކް ވެގެންދާނީ ރަސްގެފާނު ޗާލްސް ސަރުކާރު އެކުލަވާލައްވާ ފުރަތަމަ ބޮޑުވަޒީރަށެވެ.

ސުނާކްއަކީ 1812 ވަނަ އަހަރުން ފެށިގެން މިހާތަނަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ މަގާމަށް ވަޑައިގަންނަވާ އެންމެ ހަގު ބޭފުޅާއެވެ. އޭނާއަކީ އެ ގައުމުގެ އޭޝިއާ ނަސްލުގެ ފުރަތަމަ ބޮޑުވަޒީރުވެސްމެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
100%
0%
0%
0%
0%
0%
ކޮމެންޓް