ކ. މާލެ
|
24 އޮކްޓޯބަރ 2022 | ހޯމަ 18:22
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަދި ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު
ރަޝިއާގެ ރައީސް ވްލެޑްމިއަރ ޕުޓިން އަދި ޑިފެންސް މިނިސްޓަރު ސަރްގެއި ޝޮއިގު
ރޮއިޓާސް
ރަޝިއާ-އެމެރިކާގެ ޑިފެންސް މިނިސްޓަރުން ބައްދަލުކު
ރަޝިއާގެ ޑިފެންސް މިނިސްޓަރު އަނެއްކާވެސް އެމެރިކާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވައިފި
ހަނގުރާމަ ފެށުނު ފަހުން ރަޝިއާގެ ޑިފެންސް މިނިސްޓަރު އެންމެ ފުރަތަމަ އެމެރިކާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވާފައި ވަނީ މެއި މަހު
ރަޝިއާގެ ޑިފެންސް މިނިސްޓަރު ވަނީ ފްރާންސްގެ ޑިފެންސް މިނިސްޓަރު ސެބޭސްޓަން ލެކޯނު އާވެސް ބައްދަލުކުރައްވާފައި
ޝޮއިގު ވަނީ ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލުސީ އަކަރް އަދި އިނގިރޭސި ޑިފެންސް މިނިސްޓަރި ބެން ވެލެސް އާވެސް ބައްދަލުކުރައްވާފައި

ރަޝިއާގެ ޑިފެންސް މިނިސްޓަރު ސެރްގެއި ޝޮއިގު އަނެއްކާވެސް އެމެރިކާގެ ޑިފެންސް މިނިސްޓަރު ލޮއިޑް އޮއިސްޓިންއާ ބައްދަލުކުރައްވައިފިއެވެ.

ރަޝިއާ އަދި އެމެރިކާގެ ޑިފެންސް މިނިސްޓަރުން އެންމެފަހުން ބައްދަލުކުރައްވާފައި މިވަނީ އާދިއްތަ ދުވަހުއެވެ. މިއީ ދެދުވަހުގެ ތެރޭގައި މިދެގައުމުގެ ޑިފެންސް މިނިސްޓަރުން ބައްދަލުކުރެއްވި ތިން ވަނަ ފަހަރެވެ.

ޝޮއިގު އޮއިސްޓިންއާއެކު ކުރެއްވި މަޝްވަރާތަކުގެ ތަފުސީލެއް ރަޝިއާއިން ހިއްސާކޮށްފައެއް ނުވެއެވެ. ނަމަވެސް މިގޮތަށް އެމެރިކާގެ ޑިފެންސް މިނިސްޓަރާ ރަޝިއާގެ ޑިފެންސް މިނިސްޓަރު ބައްދަލުކުރައްވަމުން ގެންދިއުމަކީ ރަޝިއާ-ޔޫކްރެއިން ހަނގުރާމައިގެ ހާލަތު ގޯސްވަމުންދާކަމުގެ ހެތްކެތް ކަމަށް ހުޅަނގުގެ މީޑިއާތަކުން ދަނީ ފާހަގަކުރަމުންނެވެ.

ހަނގުރާމަ ފެށުނު ފަހުން ރަޝިއާގެ ޑިފެންސް މިނިސްޓަރު އެންމެ ފުރަތަމަ އެމެރިކާގެ ޑިފެންސް މިނިސްޓަރާ ބައްދަލުކުރައްވާފައި ވަނީ މެއި މަހުއެވެ.

މީގެ އިތުރުން ރަޝިއާގެ ޑިފެންސް މިނިސްޓަރު ވަނީ ފްރާންސްގެ ޑިފެންސް މިނިސްޓަރު ސެބޭސްޓަން ލެކޯނު އާވެސް ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމާ ގުޅިގެން ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ދެ މިނިސްޓަރުން ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން މަޝްވަރާކުރައްވާފައިކަން ފާހަގަކުރައްވާފައެވެ. އެގޮތުން ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމަ ކޮންޓްރޯލުން ނައްޓައި އިތުރަށް ގޯސްވަމުންދާކަމަށް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޝޮއިގު ވަނީ ތުރުކީގެ ޑިފެންސް މިނިސްޓަރު ހުލުސީ އަކަރް އަދި އިނގިރޭސި ޑިފެންސް މިނިސްޓަރި ބެން ވޮލަސް އާވެސް ބައްދަލުކުރައްވާފައެވެ.

މިބައްދަލުވުންތަކުގައި ރަޝިއާއިން ނިއުކްލިއަރ ހަތިޔާރު ތަކުގައި ބޭނުންކުރާ ރޭޑިއޯއެކްޓިވް މޭޓީރިއަލެއް ހިމެނޭ ބޮމެއް ޔޫކްރެއިނުން ބޭނުން ކޮށްފާނެ ކަމުގެ ބިރު އެބައޮތްކަމަށް ޝޮއިގު ވިދާޅުވެފައިވާކަމަށް ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިކަމާ ގުޅޭ އިތުރު ތަފުސީލެއް ނުވަތަ އެކަމުގެ އެއްވެސް ހެތްކެތް ރަޝިއާއިން ހުށަހަޅާފައި ނުވާކަމަށް މީޑިއާ ރިޕޯޓުތައް ފާހަގަކުރެއެވެ.

މީގެ ކުރިންވެސް ރަޝިއާއިން ވަނީ ޔޫކްރެއިން ހަނގުރާމައިގައި ބޭނުންކުރުން މަނާކޮށްފައިވާ ހަތިޔާރު އަދި ބަޔޮލޮޖިކަލް ހަތިޔާރު ބޭނުންކޮށްފާނެ ކަމަށް ތުހުމަތުކޮށްފައެވެ. މިއާއެކު ހުޅަނގުން ވަނީ ރަޝިއާއިން މިގޮތަށް ބުނެ "ފޯލްސް ފްލެގް" ހަމަލާތަކެއްދީ އެއީ ޔޫކްރެއިނުން ދިން ހަމަލާތަކެއް ކަމަށް ބުނަން މަސައްކަތްކޮށްފާނެ ކަމަށް ބުނެފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް
- ގުޅުންހުރި
ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު
ދިގު ރާސްތާގެ ހަތިޔާރު ޔޫކްރެއިނަށް ބޭނުންވާ ކަމަށް ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ބައިވެރިވުން - މިއަހަރު އެކަނި 73.6 މިލިއަން ރުފިޔާ އޮފިސަރުންނަށް ލިބިފައިވޭ
ޔޫކްރެއިނުން 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއްގައި ވިލާތުގެ އިއްތިހާދާ އެކު ސޮއި ކޮށްފި
ޔޫކްރެއިންގެ ވައިގެ ބަނދަރުތަކަކަށް ރަޝިއާއިން ހަމަލާދީފި
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި، އެ ބިދޭސީން ތިބި ތަނުގެ 100 އިންސައްތަ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކުރެވޭނެ - އިހުސާން