ކ. މާލެ
|
23 އޮކްޓޯބަރ 2022 | އާދީއްތަ 13:20
އައްޑޫ ސިޓީ
އައްޑޫ ސިޓީ
ރާއްޖެ އެމްވީ
މީހަކު ގެއްލުން
އައްޑޫ އިން ގެއްލުނު މީހާ ފެނުނީ މޫދު އަޑިން
 
މީހަކު ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް 11:32 ހާއިރު ލިބިފައިވޭ

އައްޑޫ ސިޓީގެ ހިތަދޫ އިން ގެއްލުނު މީހާ ފެނިފައިވާ ކަމަށާއި އޭނާ ފެނުނީ މޫދު އަޑިން ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ބުނެފިއެވެ.

އައްޑޫއިން ގެއްލިގެން ހޯދަމުން ދަނިކޮށް ފެނިފައިވަނީ 24 އަހަރުގެ ތޮލާލް އަޙްމަދު، ފެހިވިނަ، ސ.ހިތަދޫ ކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެ އިދާރާއިން އެންމެ ފުރަތަމަ ބުނީ އައްޑޫ ސިޓީގެ ހިތަދޫ އިން ފުރައިގެން ދިޔަ ޑިންގީއެއްގައި ތިބި ދެ މީހުންގެ ތެރެއިން މީހަކު ގެއްލުނު ކަމުގެ މައުލޫމާތު އެމްއެންޑީއެފް އަށް 11:32 ހާއިރު ލިބިފައިވާ ކަަމަށެވެ. ފަހުން އެމްއެންޑީއެފް އިން ވަނީ ޑިންގީގައި ތިން މީހުން ތިބިކަމަށް މައުލޫމާތުދީފައެވެ. ގެއްލުނު މީހާ އަކީ އެ ޑިންގީގައި މަސްހިފަން ދިޔަ ދެ މީހުންގެ ތެރެއިން މީހެއް ކަަމަށް ވެސް އެމްއެންޑީއެފުން ބުނެއެވެ. އެކަމާއި ގުޅިގެން އެމްއެންޑީއެފްގެ ސަދަން އޭރިއާގެ ސީޖީ ސްކުއެޑްރޮން އިން ހަރަކާތްތެރިވެފައިވާ ކަަމަށް އެމްއެންޑީއެފް އިން ބުނެއެވެ.

ގެއްލުނު މީހާ ފެނިފައިވާ ކަމަށާއި އޭނާ އައްޑޫ އިކުޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފް އިން ވަނީ 12:52 ހާއިރު ބުނެފައެވެ. މި ހާދިސާގެ އިތުރު ތަފްސީލެއް ކަމާއި ބެހޭ އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 މަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
17%
0%
83%
0%
0%
0%
ކޮމެންޓް