ކ. މާލެ
|
21 އޮކްޓޯބަރ 2022 | ހުކުރު 15:52
ކެނެޑާގެ ގައުމީ ފުޓްބޯޅަ ޓީމު
ކެނެޑާގެ ގައުމީ ފުޓްބޯޅަ ޓީމު
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކެނަޑާއިން ބަހްރޭނާއި އެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅެނީ
 
މިފަހަރުގެ ވޯލްޑް ކަޕްގައި ކެނެޑާ ވާދަކުރަނީ ވޯލްޑް ކަޕް ނުކުޅޭތާ 36 އަހަރުގެ މެދުކެނޑުމަކަށްފަހު

މިއަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކެނެޑާއިން ބަހްރޭނާއެކު ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ނިންމައިފިއެވެ.

މި މެޗު ކުޅުމަށް ތާވަލުކުރެވިފައި އޮތީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުއެވެ. އޭގެ ފަހުން މުބާރާތް ފެށެން ތިން ދުވަހަށްވެފައި އޮއްވާ ނޮވެމްބަރު 17 ވަނަ ދުވަހު ޖަޕާނާއެކުވެސް ކެނެޑާއިން ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް އޮތީ ތާވަލުކުރެވިފައެވެ. ޖަޕާނާއި ކެނެޑާ ބައްދަލުކުރާ މެޗު އޮންނާނީ ދުބާއީގައެވެ.

ކެނެޑާގެ ކޯޗު ޖޯން ހާޑްމަން ބުނީ ބަހްރޭނުގައި ރަހުމަތްތެރިކަމުގެ މެޗެއް ކުޅުމަށް ބަހްރޭނުން އެއްބަސްވެފައިވާ ކަމަށެވެ. އަދި މި މެޗު ކުޅުން ކެނެޑާއަށް މުހިންމުވަނީ މެދުއިރުމަތީގެ މޫސަމަށް ހޭނުމުގެ ގޮތުންކަމަށް ހާޑްމަން ބުނެޏެވެ.

މިފަހަރުގެ ވޯލްޑް ކަޕްގައި ކެނެޑާ ވާދަކުރަނީ ވޯލްޑް ކަޕް ނުކުޅޭތާ 36 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ. ކެނެޑާއިން އެންމެ ފަހުން ވޯލްޑް ކަޕްގައި ކުޅުނީ 1986 ވަނަ އަހަރުއެވެ. މިފަހަރުގެ ވޯލްޑް ކަޕްގައި ކެނެޑާގެ ފުރަތަމަ މެޗުގައި ބައްދަލުކުރަން ޖެހޭނީ ބެލްޖިއަމްއާއެވެ. މެޗު އޮންނާނީ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް