ކ. މާލެ
|
19 އޮކްޓޯބަރ 2022 | ބުދަ 20:52
ޕްރެލިމިނަރީ ސްކޮޑުގައި މަދުވެގެން 35 ކުޅުންތެރިން ހިމަނަން ޖެހޭނެ
ޕްރެލިމިނަރީ ސްކޮޑުގައި މަދުވެގެން 35 ކުޅުންތެރިން ހިމަނަން ޖެހޭނެ
ފީފާ
ފީފާ ވޯލްޑް ކަޕް
ވޯލްޑް ކަޕް-ޓީމްތަކުގެ ޕްރެލިމިނަރީ ސްކޮޑު ހުށަހެޅުމުގެ ފަހު ތާރީޚަކީ ހުރުކުރު ދުވަސް
 
މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ މިއަންނަ ނޮވެމްބަރު މަހުގެ 20ން ޑިސެމްބަރު 18ގެ ނިޔަލަށް

މިއަންނަ މަހު ޤަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕަށް ޓީމުތަކުގެ ޕްރެލިމިނަރީ ސްކޮޑު ހުށަހެޅުމުގެ ފަހު ތާރީޚަކީ މިއަންނަ ހުކުރު ދުވަހެވެ. މުބާރާތުގައި ބައިވެރިވާ ހުރިހާ ޓީމުތަކުންވެސް ހުކުރު ދުވަހުގެ 23:59 ގެ ކުރިން ޕްރެލިމިނަރީ ސްކޮޑު ހުށަހަޅަން ޖެހޭނެއެވެ.

މުބާރާތުގައި ބައިވެރިވާ 32 ގައުމުން ހުށަހަޅާ މި ސްކޮޑުގައި މަދުވެގެން 35 ކުޅުންތެރިން ހިމަނަން ޖެހޭނެއެވެ. އެންމެ ގިނަ ވެގެން ހިމެނޭނީ 55 ކުޅުންތެރިންނެވެ. ފީފާއިން މި ސްކޮޑް ރަސްމީކޮށް އިއުލާނު ނުކުރާނެއެވެ. ނަމަވެސް ޓީމުތަކުން ބޭނުންނަމަ އެގައުމުތަކަށް އަމިއްލައަށް އެގައުމެއްގެ ސްކޮޑު އާންމު ކުރެވިދާނެއެވެ.

މުބާރާތުގައި ބައިވެރިވާ ޓީމުތަކުގެ ރަސްމީ ސްކޮޑު ފީފާއަށް ހުށަހަޅަންޖެހޭނީ ނޮވެމްބަރު 14ގެ ކުރިންނެވެ. ޓީމުތަކުގެ ރަސްމީ ސްކޮޑު ފީފާއިން އިއުލާނުކުރާނީ ނޮވެމްބަރު 15 ގައެވެ. ޕްރެލިމިނަރީ ސްކޮޑުގައި ނުހިމަނާ އެއްވެސް ކުޅުންތެރިއެއް ރަސްމީ ސްކޮޑުގައި ނުހިމެނޭނެއެވެ.

މީގެ ކުރިން މުބާރާތްތަކުގައި 23 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވާލި ނަމަވެސް މިފަހަރުގެ މުބާރާތުގައި 26 ކުޅުންތެރިން ސްކޮޑުގައި ހިމެނޭނެއެވެ. މިގޮތަށް ނިންމީ، މިފަހަރުގެ މުބާރާތް އޮންނަނީ އެހެން އަހަރުތަކާއި ޚިލާފު ދުވަސްވަރެއްގައި ކަމަށް ވުމުން ޓީމުތަކަށް ދިމާވެދާނެ ދަތިތައް ހައްލުކުރުމަށް ކަމަށް ފީފާއިން ވަނީ މިދިޔަ ޖޫން މަހު ބުނެފައެވެ.

މީގެ ކުރިން ފީފާ ވޯލްޑް ކަޕް އޮންނަނީ އަހަރުގެ މެދުތެރޭގައެވެ. ސީޒަން ބްރޭކާއި ދިމާކޮށެވެ. ނަމަވެސް މިއީ އަހަރު ނިމޭކޮޅަށް މުބާރާތް ތާވަލުކުރި ފުރަތަމަ ފަހަރެވެ. ކްލަބު މުބާރާތްތައް ވޯލްޑް ކަޕަށް މެދުކަނޑާލާނީ މުބާރާތް ފެށެން ދެހަފްތާއެއްހާ ދުވަހަށް ވުމުންނެވެ.

މިފަހަރުގެ މުބާރާތް ކުރިއަށް ދާނީ މިއަންނަ ނޮވެމްބަރު މަހުގެ 20ން ޑިސެމްބަރު 18ގެ ނިޔަލަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް