ކ. މާލެ
|
18 އޮކްޓޯބަރ 2022 | އަންގާރަ 23:12
ގަތަރު ވޯލްޑް ކަޕް 2022
ގަތަރު ވޯލްޑް ކަޕް 2022
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް
ވޯލްޑް ކަޕާއި ދިމާކޮށް ގަތަރު އެއަރވޭސްގެ ފްލައިޓު ޝެޑިއުލްއަށް ބޮޑު ބަދަލެއް
މިފަހަރުގެ މުބާރާތާއި ދިމާކޮށް 1.2 މިލިއަން މީހުން އެގައުމަށް ޒިޔާރަތްކުރާނެކަމަށް ގަތަރުން އަންދާޒާ ކުރޭ

މިއަންނަ މަހު ގަތަރުގައި ފަށާ ފީފާ ވޯލްޑް ކަޕާއި ދިމާކޮށް ގަތަރު އެއަރވޭސް ފްލައިޓް ޝެޑިއުލަށް ބޮޑެތި ބަދަލުތަކެއް ގެނެސްފިއެވެ.

މުބާރާތާއި ދިމާކޮށް ސަޕޯޓަރުން ގަތަރަށް ދަތުރުކުރާ ފްލައިޓުތަކަށް ހަމާދް އިންޓަރނޭޝަނަލް އެއަރޕޯޓުން ޖާގަ ހެދުމަށް ގަތަރު އެއަރވޭސްއިން ވަނީ 18 ސަރަހައްދަކުން ދަތުރުކުރާ ފްލައިޓުތަކުގެ ދަތުރުތައް މެދުކަނޑާލާފައެވެ. ގަތަރު އެއަރވޭސްގެ ޗީފް އެކްޒެކެޓިވް އޮފިސަރ އަކްބަރ އަލް ބަކާރ ވިދާޅުވީ މިގޮތަށް ނިންމީ މުބާރާތާއި ދިމާކޮށް ގަތަރަށް ދަތުރުކުރާ އެތައް ސަތޭކަ ފްލައިޓަކަށް ޖާގަ ހެދުމަށް ކަމަށެވެ.

މިފަހަރުގެ މުބާރާތާއި ދިމާކޮށް 1.2 މިލިއަން މީހުން އެގައުމަށް ޒިޔާރަތްކުރާނެކަމަށް ގަތަރުން އަންދާޒާ ކުރެއެވެ. މިފަހަރުގެ ވޯލްޑް ކަޕް ބެލުމަށް މިހާތަނަށް ވަނީ 2.89 މިލިއަން ޓިކެޓު ވިކިފައެވެ. އެންމެ ގިނަ އަދަދަކަށް ޓިކެޓު ގަނެފައިވަނީ ގަތަރު، އެމެރިކާ އަދި ސައޫދީ އަރަބިއްޔާއިން ކަމަށް، މުބާރާތުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ ކޮލިން ސްމިތު ވިދާޅުވިއެވެ.

މުބާރާތް ފަށާނީ މިއަންނަ މަހުގެ 20 ވަނަ ދުވަހުއެވެ. ޑިސެމްބަރު 18 ގެ ނިޔަލަށް މުބާރާތް ކުރިއަށްދާނެއެވެ.

- ކޮމެންޓް