ކ. މާލެ
|
16 އޮކްޓޯބަރ 2022 | އާދީއްތަ 20:02
މޭސަން މައުންޓް
މޭސަން މައުންޓް
ޕްރިމިއަރ ލީގު
ޕްރިމިއަރ ލީގު
މޭސަން މައުންޓްގެ ދެލަނޑުން ޗެލްސީއަށް މޮޅެއް
އެސްޓަން ވިލާ އޮތީ ނުވަ ޕޮއިންޓާއެކު ތާވަލުގެ 16 ވަނާގައި
ޗެލްސީ އޮތީ 19 ޕޮއިންޓު ހޯދައިގެން، ތާވަލުގެ ހަތަރުވަނަ މަގާމުގައި

އިނގިރޭސި ޕްރިމިއަރ ލީގުގައި ޗެލްސީއާއި އެސްޓަން ވިލާ ބައްދަލުކުރި މެޗުގައި މޭސަން މައުންޓް ޖެހި ދެލަނޑުން ޗެލްސީ މޮޅުވެއްޖެއެވެ.

އެސްޓަން ވިލާގެ ދަނޑުގައި ކުޅުނު މި މެޗު ޗެލްސީން ކާމިޔާބުކުރީ 2-0ންނެވެ. ފުރަތަމަ ހާފުގެ ހަވަނަ މިނެޓުގައި ޗެލްސީއަށް ލީޑު ނަގައިދިނީ މޭސަން މައުންޓެވެ. އޭނާގެ ދެވަނަ ލަނޑު ޖެހީ ދެވަނަ ހާފުގެ 65 ވަނަ މިނެޓުގައެވެ. މެޗުގައި ލަނޑެއް ނުޖެހުނުނަމަވެސް އިދިކޮޅު ގޯލަށް އަމާޒުކޮށް ނުރައްކާތެރި ގިނަ ހަމަލާތަކެއް އުފެއްދީ އެސްޓަން ވިލާއިންނެވެ. ޗެލްސީން އުފެއްދި މަދު ހަމަލާތަކެއްގެ ބޭނުން އެޓީމުން ހިފިއިރު, އެސްޓަން ވިލާއިން އުފެއްދި ހަމަލާތައް ބޭކާރުވީއެވެ.

މި ނަތީޖާއާއެކު ޗެލްސީ އޮތީ ތާވަލުގެ ހަތަރުވަނަ މަގާމުގައެވެ. އެއީ 19 ޕޮއިންޓު ހޯދައިގެންނެވެ. އެއްވަނާގައި އާސެނަލް އޮތްއިރު, ދެވަނާގައި އޮތް މެންޗެސްޓަރ ސިޓީއާއި ތިންވަނާގައި އޮތް ޓޮޓެންހަމްއަށްވެސް ލިބެނީ 23 ޕޮއިންޓެވެ. ސިޓީ ކުރީގައި އޮތީ ފައިދާ ގޯލުންނެވެ. މެޗުން ބަލިވި އެސްޓަން ވިލާ އޮތީ ނުވަ ޕޮއިންޓާއެކު ތާވަލުގެ 16 ވަނާގައެވެ.

- ކޮމެންޓް