ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 07:16
މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް
މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް
ޕޮލިސް
ކޮރަޕްޝަނާއި މަނީ ލޯންޑްރިންގ ސްކްލިސް ޕްރޮގްރާމް
ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޝަން ސްކިލްސް ޕްރޮގްރާމެއް ހިންގައިފި
މި ޕްރޮގްރާމްގައި، ކޮރަޕްޝަނަކީ ކޮބައިކަން، މަނީ ލޯންޑްރިންގެ ތަފާތު ވައްތަރުތަކާ އަދި ކުރިން ހުށަހެޅިފައިވާ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވޭ

ދިވެހި ފުލުހުންގެ ޚިދުމަތާއި، އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް، އޮފީސް އޮފް އޯވަރސީސް ޕްރޮސެކިއުޓޯރިއަލް ޑިވެލޮޕްމަންޓް، އެސިސްޓެންސް އެންޑް ޓްރެއިނިންގ ގުޅިގެން ކުރިއަށް ގެންދިޔަ ކޮރަޕްޝަން އެންޑް މަނީ ލޯންޑްރިންގ އިންވެސްޓިގޭޓިވް ސްކިލްސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

އެކަމަށްޓަކައި އިސްކަންދަރު ބިލްޑިންގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް އަލްއުސްތާޒް އާދަމް ޝާމިލްއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އަލްއުސްތާޒް އާދަމް ޝާމިލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ވެސް މަނީ ލޯންޑްރިންގެ މައްސަލަތައް ހިންގާކަމާއި މިފަދަ މައްސަލަތައް މަދުކުރުމުގައި އިންވެސްޓިގޭޝަން އޮފިސަރުންގެ ދައުރާ އަދި ތަހުގީގުކުރާ ފަރާތްތަކަށް ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.

އޮކްޓޯބަރު 9 އިން 12 އަށް ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، ކޮރަޕްޝަނަކީ ކޮބައިކަން، މަނީ ލޯންޑްރިންގެ ތަފާތު ވައްތަރުތަކާ އަދި ކުރިން ހުށަހެޅިފައިވާ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ބައިވެރިންނަށް މައުލޫމާތު ހިއްސާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގައި ދިވެހި ފުލުހުންގެ ޚިދުމަތް، އެންޓި ކޮރަޕްޝަން ކޮންމިޝަން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް އަދި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީސް ހިމެނޭހެން 44 މުވައްޒަފުން ބައިވެރިވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް