ކ. މާލެ
|
14 އޮކްޓޯބަރ 2022 | ހުކުރު 07:13
241 ކޮމިޓީން އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒު ނޭޝަނަލް ކޮޮލެޖް އޮޮފް ޕޮލިސިންގ އެންްޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް) ގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވަނީ
241 ކޮމިޓީން އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒު ނޭޝަނަލް ކޮޮލެޖް އޮޮފް ޕޮލިސިންގ އެންްޑް ލޯ އެންފޯސްމަންޓް (އެން.ސީ.ޕީ.އެލް) ގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވަނީ
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީން އައްޑޫ ސިޓީއަށް
241 ކޮމިޓީން އައްޑޫ ސިޓީގެ ފުލުހުން ތަމްރީނުކުރާ މަރުކަޒުގެ ކަންކަން ބައްލަވާލައްވައިފި
 
މި ވަގުތު ކޮލެޖުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކޮބައިތޯ ކޮމިޓީން ބައްލަވައިލެއްވި
 
މަސައްކަތްތައް ކުރިއަށްދަނީ ފުލުހުންގެ ޤާނޫނުގައި ފުލުހުން ތަމްރީންކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާއި އެއްގޮތް ވާގޮތުގެ މަތިންތޯ ބަލައި ޗެކްކުރައްވާފައިވޭ

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީ(241 ކޮމިޓީ)ން އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ޒިޔާރަތުގެ ތެރެއިން އައްޑޫ ސިޓީގައި ހުންނަ ފުލުހުންގެ ތަމްރީނު މަރުކަޒު ނޭޝަނަލް ކޮޮލެޖް އޮޮފް ޕޮލިސިންގ އެންްޑް ލޯއެންފޯސްމަންޓް (އެން.ސީ.ޕީ.އެލް) ގެ އިސްވެރިންނާއި މުވައްޒަފުންނާ ބައްދަލުކުރައްވައިފިއެވެ.

241 ކޮމިޓީން ކުރެއްވި މި ޒިޔާރަތުގައި އެ ކޮމިޓީން ވަނީ ކޮލެޖްގެ މަސައްކަތްތައް ބައްލަވާލައްވައި، މަސައްކަތްތައް ކުރިއަށްދަނީ ފުލުހުންގެ ޤާނޫނުގައި ފުލުހުން ތަމްރީންކުރުމަށް ކަނޑައެޅިފައިވާ ޤަވާއިދާއި އެއްގޮތް ވާގޮތުގެ މަތިންތޯ ބަލައި ޗެކްކުރައްވާފައެވެ. އަދި މި ވަގުތު ކޮލެޖުން ފޯރުކޮށްދޭ ޚިދުމަތްތަކަކީ ކޮބައިތޯ ކޮމިޓީން ބައްލަވައިލެއްވިއެވެ.

މި ބައްދަލުވުމުގައި ކޮލެޖްގެ އެގްޒެކެޓިވް ޑިރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު ޝިފާން ވަނީ ކޮލެޖު ހިންގުމުގައި ހުރި ގޮންޖެހުންތައް ވެސް ކޮމިޓީއާ ހިއްސާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމީޓިގެ މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް އާއި ކޮމިޓީގެ ނައިބު މުގައްރިރު ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމްއާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެމްބަރު ޢަލީ ނިޔާޒް އަދި ޑިރެކްޓަރ އޮފް ލީގަލް އެފެއާޒް އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ބައިވެރިވެވަޑައިގެންނެވިއެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް