Advertisement
ކ. މާލެ
|
12 އޮކްޓޯބަރ 2022 | ބުދަ 22:45
ށ.އަތޮޅު ކީކިމިނި
ށ.އަތޮޅު ކީކިމިނި
ރާއްޖެއެމްވީ
ކީކިމިނީގެ ޚިދުމަތް
ކީކިމިނިން މަސް ގަންނަން ފަށައިފި
ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްގައި 1900 ޓަނުގެ ކޯލްޑް ސްޓޯރެޖް އެކުލެވޭ
ކީކިމިނީ އަށް މިވަގުތު ގަންނަނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންނެލިކަމަސް

ށ.އަތޮޅު ކީކިމިނީގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ގަންނަން ފަށައިފިއެވެ.

އައިލެންޑް އެންޓަރ ޕްރައިސަސްއިން ބުނީ، ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްގެ މަސައްކަތްތައް ފަށާ، އެ ފެސިލިޓީގައި މަސް ކިރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. މަސް ނުކިރި މެދުކެނޑިފައި އޮންނަތާ ގިނަ ދުވަސްތަކެއް ފާއިތުވުމަށް ފަހު ކީކިމިނީގައި މަސް ކިރަން ފަށާފައި ވަނީ އެކަމަށް މަސްވެރިންގެ ފާޑުކިޔުން އަމާޒުވަމުން ދަނިކޮށެވެ. ކީކިމިނީގައި މަސް ކިރަން ފެށުމާއި އެކު މަސް ކިރުވަން ބޭނުންވާ ދޯނިތަކުން ވަނީ ގުޅައިގެން މަސް ކިރުވުމުގެ އިންތިޒާ ހަމަޖައްސާފައި ކަމަށް އައިލެންޑް އެންޓަރޕްރައިސިސް އިން ބުނެއެވެ.

Advertisement

އެ ކުންފުނިން ބުނީ ކީކިމިނީ އަށް މިވަގުތު ގަންނަނީ ހަމައެކަނި ކަޅުބިލަ މަހާއި ކަންނެލިކަމަސް ކަމަށެވެ. އަދި މަސް ގަންނަނީ މަހުގެ ބަރުދަން 1.5 ކިލޯ އިން މަތިނަމަ 13 ރުފިޔާއަށް އަދި 1.5 ކިލޯއަށް ވުރެ ދަށްނަމަ 5.5 ރުފިޔާއަށްކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

އައިލެންޑް އެންޓަޕްރައިސަސްގެ ފަރާތުން ހިންގާ ކީކިމިނި ފިޝަރީޒް ކޮމްޕްލެކްސްގައި 1900 ޓަނުގެ ކޯލްޑް ސްޓޯރެޖް އެކުލެވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް