Advertisement
ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 13:11
އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޕީޖީ ޝަމީމް (ވ) އަދި އޭސީސީގެ ރައީސް (ކ)
އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން ޕީޖީ ޝަމީމް (ވ) އަދި އޭސީސީގެ ރައީސް (ކ)
ޕީޖީ އޮފީސް
އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުން
އެހީތެރިކަން ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ޕީޖީ އޮފީހާއި އޭސީސީއާ ދެމެދު ސޮއިކޮށްފި
ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާ މެދު އެއްބަސްވެވިފައިވޭ
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނޭ

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހާއި އޭސީސީއާ ދެމެދު އެހީތެރިކަން ބަދަލުކުރުމާއި، އެކުގައި މަސައްކަތްކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން ދެ މުއައްސަސާގެ މައްޗަށް ޤާނޫނުއަސާސީއާއި ޤާނޫނުން މަތިކޮށްފައިވާ ޒިންމާތައް އަދާކުރުމުގައި، ގުޅިގެން މަސައްކަތްކުރެވިދާނެ ދާއިރާތައް ކަނޑައަޅައި، އެކަންކަމުގައި އެކުގައި މަސައްކަތްކުރެވިދާނެ ގޮތްތަކާމެދު އެއްބަސްވެވިފައިވެއެވެ.

މީގެ ތެރޭގައި ކޮރަޕްޝަން ހުއްޓުވުމަށްޓަކައި ގުޅިގެން މަސައްކަތްކުރުމާއި، ފަންނީ އެހީތެރިކަން ދިނުން ހިމެނެއެވެ. އެގޮތުން އޭސީސީން ތަޙުޤީޤުކުރާ މައްސަލަތައް މި އޮފީހަށް ހުށަހެޅުމުގައި ޢަމަލުކުރާނެ ގޮތްތަކުގެ އިޖުރާއީ ތަރުތީބުތަކާއި، މައްސަލަތަކުގައި އަވަހަށް ގޮތް ނިންމުމާއި، ކޯޓަށް ހުށަހެޅޭ ކޮރަޕްޝަންގެ މައްސަލަތަކާގުޅޭ މަޢުލޫމާތު ވަކި ހަމައަކުން އޭސީސީއާ ޙިއްޞާކުރަމުންދިއުން ހިމެނެއެވެ.

Advertisement

ކޮރަޕްޝަންގެ މައްސަލަތައް ތަޙުޤީޤުކުރުމާއި، ދަޢުވާކުރުމުގެ ކަންކަން މިހާރު ވެސް ކުރިއަށްދަނީ މި ދެ މުއައްސަސާ ގުޅިގެންނެވެ. އެގޮތުން ތަޙުޤީޤު ކުރިއަށްދާ މައްސަލަތަކުގައި މި އޮފީހުގައި ޤާއިމުކޮށްފައިވާ ޑިއުޓީ ޕްރޮސިކިއުޝަން ނިޒާމުގެ ތެރެއިން މިހާރު ވެސް މިގެންދަނީ ތަޙުޤީޤަށް ބޭނުންވާ ލަފައާއި އިރުޝާރު ދެމުންނެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ މިކަން އިތުރަށް ހަރުދަނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މި މަސައްކަތް ކުރުމަށް މަގުފަހިކުރުމެވެ.

ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގައި އޮތް ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛް ޙުސެއިން ޝަމީމާއި، އޭސީސީގެ ރައީސް އާދަމް ޝާމިލެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް