ކ. މާލެ
|
11 އޮކްޓޯބަރ 2022 | އަންގާރަ 12:01
އދ. ގެ އާންމު މަޖިލީސް
އދ. ގެ އާންމު މަޖިލީސް
ރޮއިޓަސް
ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް
ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް ރަޝިއާގެ ދަށަށް ގެންދިއުމާ ދެކޮޅަށް އދ. ގައި ނަގަން ހަމެޖެހިފައިވާ ވޯޓު ސިއްރުކޮށްދިނުމަށް އެދުމުން އެޖަމިއްޔާއިން އިންކާރުކޮށްފި
މިދިޔަ މަހު ރަޝިއާއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް މިކަމާ ގުޅިގެން ހުށަހެޅުނު ކަރުދާސް ވީޓޯ ކޮށްފައި
ރަޝިއާއިން ޔޫކްރެއިންގެ ސަރަހައްދުތައް ހިފާފައިވަނީ ގަވައިދާ ހިލާފަށްކަން ކަނޑައެޅުމަށް ނަގާ ވޯޓު އޮންނާނީ މިހަފުތާގެ ބުދަ ދުވަހު
ހޯމަ ދުވަހު ކުރިއަށްގެންދިޔަ ވޯޓުގައި 193 މެމްބަރުންގެ ތެރެއިން 107 މެމްބަރުން ވަނީ ވޯޓު ސިއްރުނުކޮށް، ފެންނާނެހެން ވޯޓުގެ ކަންތައް ކުރިއަށް ގެންދިއުމަށް ވޯޓު ލާފައި

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ސަރަހައްދުތައް އެގައުމުގެ ދަށަށް ގެންދިއުމަށް ރަޝިއާއިން ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން އދ. ގެ އާންމު މަޖިލީހުގައި ނެގުމަށް ނިންމާފައިވާ ވޯޓު ސިއްރުކުރުމަށް އެދި ރަޝިއާއިން ހުށަހެޅި ހުށަހެޅުމަށް އެޖަމިއްޔާއިން އިންކާރުކޮށްފިއެވެ.

ރަޝިއާއިން ހިފާފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދެއް އެގައުމުގެ ދަށަށް ނިންމާފައިވާ ނިންމުމާ ގުޅޭގޮތުން ގޮތް ނިންމަން އދ. ގެ އާންމު މަޖިލީހުން ވޯޓަށް އެހުމަށް ނިންމާފައި ވަނީ މިހަފުތާގެ ތެޜޭގައެވެ. މި ވޯޓުގެ ކުރިން ވޯޓު ސިއްރުކުރުމަށް އެދި ރަޝިއާއިން ހުށަހެޅި ހުށަހެޅުމަށް ހޯމަ ދުވަހު މަޖިލީހުގައި ވަނީ ވޯޓު ނަގާފައެވެ.

ހޯމަ ދުވަހު ކުރިއަށްގެންދިޔަ ވޯޓުގައި 193 މެމްބަރުންގެ ތެރެއިން 107 މެމްބަރުން ވަނީ ވޯޓު ސިއްރުނުކޮށް، ފެންނާނެހެން ވޯޓުގެ ކަންތައް ކުރިއަށް ގެންދިއުމަށް ވޯޓު ލާފައެވެ. އަދި ވޯޓު ސިއްރުކުރުމަށް އެއްބަސްވެފައި ވަނީ 13 ގައުމަކުންނެވެ. 39 ގައުމަކުން ވަކި ކޮޅަކަށް ވޯޓު ލާފައެއް ނުވެއެވެ.

ރަޝިއާއިން ޔޫކްރެއިންގެ ހަތަރު ސަރަހައްދެއްގައި ކުރިއަށްގެންދިޔަ ރިފެރެންޑަމް ތަކަކީ ގަވައިދާ ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް ނުވަތަ ރަޝިއާއިން ޔޫކްރެއިންގެ ސަރަހައްދުތައް ހިފާފައިވަނީ ގަވައިދާ ހިލާފަށްކަން ކަނޑައެޅުމަށް ނަގާ ވޯޓު އޮންނާނީ މިހަފުތާގެ ބުދަ ދުވަހު ކަމަށް ޑިޕްލޮމެޓުން ފާހަގަކުރެއެވެ.

މި ވޯޓު ސިއްރުކޮށްދިނުމަށް ރަޝިއާއިން އެދިފައި ވަނީ މިއީ ހުޅަނގުން ހުށަހަޅާ ހުށެހެޅުމަކަށް ވުމުން ގައުމުތަކުން ދެކޭގޮތް ފާޅުގައި ދެއްކުމަށް ބައެއް ގައުމުތަކަށް ހުރަސްތަކެއް ހުރެދާނެކަމަށް ބުނެއެވެ.

ރަޝިއާއިން ރިފެރެންޑަމްތައް ކުރިއަށް ގެންގޮސްފައިވާ ޔޫކްރެއިންގެ ހަތަރު ސަރަހައްދަކީ ޑޮނެސްކް، ލުހާންސް، ޚާސަން އަދި ޒެޕޮރީޒިއާއެވެ. ޔޫކްރެއިނާ އެގައުމުގެ އެކުވެރި ގައުމުތަކުން ވަނީ މި ރިފެރެންޑަމް ތަކަކީ ގަވައިދާ ހިލާފަށް ބާރުގެ ބޭނުންކޮށްގެން ނަގާފައިވާ ވޯޓުތަކެއް ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ހުޅަނގުން ހުށަހަޅަން ނިންމާފައިވާ ޑްރާފްޓް ރިސޮލިއުޝަންގައި ވަނީ ރަޝިއާގެ މިނިންމުން ގައުމުތަކުން ބަލައި ނުގަންނަ ކަމަށެވެ.

މިދިޔަ މަހު ރަޝިއާއިން ވަނީ އދ. ގެ ސަލާމަތީ މަޖިލީހަށް މިކަމާ ގުޅިގެން ހުށަހެޅުނު ކަރުދާސް ވީޓޯ ކޮށްފައެވެ.

- ކޮމެންޓް