މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އިސްނެގުވުމާ އެކު ބިޒްނަސް ސެންޓަރު ކޯޕަރޭޝަނުން މި އަހަރުގެ ތެރޭގައި ހުޅުވުމަށް ނިންމައިފައިވާ "އެސްއެމްއީ ހަބް" ގެ ފުރަތަމަ ފަންގިފިލާއިން ކާބޯތަކެތީގެ ވިޔަފާރި ކުރުމަށްޓަކައި ކުއްޔަށް ދޫކުރުމަށް ހަމަޖެހިފައިވާ ކިއޮސްކުތައް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.
އެ ކޯޕަރޭޝަނުން މިފަދަ ހަބެއް ޤާއިމުކުރުމުގެ މައިގަނޑު މަގުސަދަކީ އެކި ދާއިރާތަކުން ވިޔަފާރި ކުރާ ފަރާތްތަކަށް މާކެޓް އެކްސެސް ހޯދައިދިނުމާއި، މި ވިޔަފާރިތައް އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެހީތެރިވެދިނުން ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އެގޮތުން ފުރަތަމަ ފަންގިފިލާގެ ކިއޮސްކުތައް ޚާއްސަ ކުރެވިފައިވަނީ ކާބޯތަކެތި ތައްޔާރުކޮށް ވިއްކާ ފަރާތްތަކަށެވެ.
މި ކިއޮސްކުތައް ކުއްޔަށް ނެގުމަށް ޝައުގުވެރިވާ ފަރާތްތަކަށް، އެ ތަން ބަލައިލުމުގެ ފުރުސަތު 16 އަދި 17 އޮކްޓޫބަރު 2022 ވާ އާދީއްތަ އަދި ހޯމަ ދުވަހުގެ މެންދުރު 2:00 އިން ހަވީރު 5:00 އަށް ހުޅުވިފައި އޮންނާނެ ކަމަށް ބިޒްނަސް ސެންޓަރު ކޯޕަރޭޝަނުން ބުނެއެވެ.
މި ކިއޮސްކުތައް ކުއްޔަށްހިފުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ބޭނުންވާ ފޯމު ފުރިހަމަކުރުމަށްފަހު، އީމެއިލް މެދުވެރިކޮށް [email protected] އަށް ނުވަތަ ބީސީސީގެ މައި އޮފީހަށް ހުށަހެޅުމަށް ވަނީ އެދިފައެވެ.
ފޯމު ހުށަހެޅުމުގެ ސުންގަޑިއަކީ 20 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ޖެހުމާ ހަމައަށެވެ.