Advertisement
ކ. މާލެ
|
8 އޮކްޓޯބަރ 2022 | ހޮނިހިރު 21:01
ކަރަންޓް ކޭބަލް ބުރިކުރުމުގެ ސަބަބުން ކަރަންޓު ކެނޑިފައި
ކަރަންޓް ކޭބަލް ބުރިކުރުމުގެ ސަބަބުން ކަރަންޓު ކެނޑިފައި
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
ކަރަންޓް ކޭބަލް ބުރިކޮށް، ވަގަށް ނެގުން
ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް، ވަގަށް ނަގައިފި
ކޭބަލް ބުރިކުރުމުގެ ސަބަބުން އަނދިރިވެފައިވާ މަގުތައް ދިއްލުމުގެ މަސައްކަތް ދަނީ ކުރަމުން

ހުޅުމާލޭގެ ބައެއް މަގުތަކުގެ ކަރަންޓް ކޭބަލް ބުރިކޮށް, ވަގަށް ނަގާފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ބުނެފިއެވެ.

އެޗްޑީސީން ބުނީ، ކަރަންޓް ކޭބަލް ވަގަށް ނެގުމުގެ ސަބަބުން ހޮނިހިރު ދުވަހުގެ ރޭ އަނދިރިވެފައިވާ މަގުތައް ދިއްލުމުގެ މަސައްކަތް ހުޅުމާލެ އޮޕަރޭޝަންސްގެ 3 ޓީމަކުން ކުރަމުންދާކަމަށެވެ.

Advertisement

މިކަމާގުޅިގެން "ރާއްޖެއެމްވީ"އަށް މައުލޫމާތު ދެމުން އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ، ކޭބަލްތައް ވަގަށްނަގާފައިވަނީ ފޭސް އެކެއްގެ ސެންޓްރަލް ޕާކުގެ އުތުރުން ބައެއް މަގުތަކުގައި ކަމަށެވެ. އަދި މިއީ މިހާރު އާންމުކޮށް ކުރަމުން އަންނަ ކަމެއް ކަމަށާއި، މިކަން ކުރަނީ ކަޅު ބާޒާރުގައި ކަރަންޓު ކޭބަލްތައް ވިއްކުމަށް ކަމަށް ބެލެވޭ ކަމަށްވެސް ވިދާޅުވިއެވެ.

މި މައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް