ކ. މާލެ
|
8 އޮކްޓޯބަރ 2022 | ހޮނިހިރު 13:22
އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް
އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް
ރޮއިޓާސް
ޔޫކްރެއިން-ރަޝިއާ ހަނގުރާމަ
ހަނގުރާމައަށް ހަރަދުކުރަން ރަޝިއާއިން ދަނީ އެފްރިކާގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުން: އެމެރިކާ
މެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ވަނީ ރަޝިއާއަށް ވާގިވެރިވާ ވެގްނަރ ގްރޫޕުން އުމުގެތަކުގެ ގުދުރަތީ ވަސީލަތްތައް ބޭނުކޮށް ރަޝިއާގެ ހަނގުރާމައަށް ފަންޑުކުރަމުން
ވެގްނަރ ގްރޫޕުން އެގައުމުުތަކުގެ ގުދުރަތީ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ އިތުރުން އިންސާނީ ހައްގުތަކަށްވެސް އަރައިގަންނަމުންދާ ކަމަށް ލިންޑާ ވަނީ ވިދާޅުވެފައި
ރަޝިއާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަނީ ރަޝިއާއިން އެގައުމުގެ އެކުވެރި އެފްރިކާގެ ގައުމުތަކަށް ވެދެމުންދާ އެހީއާ ގުޅޭގޮތުން އެފަދަގޮތަކަށް ވާހަކަދައްކަވާތީ ސުވާލުއުފައްދަވާފައި

ޔޫކްރެއިންގައި ކުރިއަށްދާ ހަނގުރާމައަށް ހަރަދުކުރަން ރަޝިއާއިން އެފްރިކާގެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށް އެމެރިކާއިން ބުނެފިއެވެ.

ރަޝިއާއިން ސެންޓްރަލް އެފްރިކާގެ ގައުމުތައް ކަމަށްވާ މާލީ، ސޫދާން އަދި އިތުރުގައުމުތަކުގެ ގުދުރަތީ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމުގެ ތުހުމަތު އެމެރިކާއިން ކޮށްފައި ވަނީ އޮކްޓޫބަރު ހަ ވަނަ ދުވަހުއެވެ.

އެމެރިކާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ލިންޑާ ތޯމަސް-ގްރީންފީލްޑް ވަނީ ރަޝިއާއަށް ވާގިވެރިވާ ވެގްނަރ ގްރޫޕުން އެފްރިކާގެ ގައުމުގެތަކުގެ ގުދުރަތީ ވަސީލަތްތައް ބޭނުކޮށް ރަޝިއާގެ ހަނގުރާމައަށް ފަންޑުކުރަމުންދާކަމަށް ވިދާޅުވެފައެވެ.

ލިންޑާ ވަނީ ވެގްނާ ގްރޫޕްގެ މިއަމަލުގެ ސަބަބުން އެފްރިކާގެ އެތައް ބަޔަކު ދަނީ އެކަމުގެ ހިތި އަގު އުފުލަމުންކަމަށް ވިދާޅުވެފައެވެ. އަދި ވެގްނަރ ގްރޫޕުން އެގައުމުުތަކުގެ ގުދުރަތީ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރުމުގެ އިތުރުން އިންސާނީ ހައްގުތަކަށްވެސް އަރައިގަންނަމުންދާ ކަމަށް ލިންޑާ ވަނީ ވިދާޅުވެފައެވެ.

ލިންޑިއާގެ ވާހަކަތަކަށް ރައްދުދެއްވަމުން ރަޝިއާއިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަސިލީ ނެބެންޒިއާ ވަނީ ރަޝިއާއިން އެގައުމުގެ އެކުވެރި އެފްރިކާގެ ގައުމުތަކަށް ވެދެމުންދާ އެހީއާ ގުޅޭގޮތުން އެފަދަގޮތަކަށް ވާހަކަދައްކަވާ ސުވާލުއުފައްދަވާފައިވާތީ އެކަމާ ހިތާމަކުރާކަމަށް ވިދާޅުވެފައެވެ.

އެމެރިކާގެ ސަފީރު މިގޮތަށް ވާހަކަދެއްކެވުމުން އެނގިގެން ދަނީ އެމެރިކާއިން އެފްރިކާގެ ގައުމުތަކުން ހަގީގަތުގައި ބޭނުންވަނީ ކޮންކަމެއް ކަން ހާމަވާ ކަމަށް ރަޝިއާގެ ސަފީރު ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް އެމެރިކާއިން އެފްރިކާގެ ގައުމުތަކުން ސީދާ ބޭނުންވެގެން އުޅެނީ ކޮންކަމެއްތޯ ނެބެންޒިއާ ފާހަގަކުރައްވާފައެއް ނުވެއެވެ.

ވެގްނަރ ގްރޫޕްގައި ހަރަކާތްތެރިވަނީ ލީބިޔާ، ސީރިޔާ، މާލީ އަދި ސެންޓްރަލް އެފްރިކަން ރިޕަބްލިކް ފަދަ ގައުމުތަކުގެ ހަނގުރާމަތަކުގައި ހަރަކާތްތެރިވުމަށްފަހު ރިޓަޔަރކޮށްފައި ތިބި ރަޝިއާ އަސްކަރިއްޔާގެ އޮފިސަރުންނެވެ. ވެގްނަރ ގްރޫޕް އުފައްދާފައި ވަނީ 2014 ވަނަ އަހަރު ރަޝިއާއިން ޔޫކްރެއިންގެ ކްރިމިއަރ ހިފައި އެތައް ރަޝިއާގެ ދަށުން ހިންގާ ސަރަހައްދަކަށް ހެދި ހިސާބުން އިރުމަތީ ޔޫރަޕްގެ ޑޮންބަސްގައި ހަރަކާތްތެރިވާ ރަޝިއާއަށް ވާގިވެރިވާ ސެޕަރޭޓިސްޓުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް
- ގުޅުންހުރި
ސިއްރިއްޔާތުގައި މިނިސްޓަރު އިހުސާން މައުލޫމާތުތަކެއް ދެއްވަން ޖެހޭތީ 241 ކޮމިޓީ ސިއްރު
ދިގު ރާސްތާގެ ހަތިޔާރު ޔޫކްރެއިނަށް ބޭނުންވާ ކަމަށް ޒެލެންސްކީ އަނެއްކާވެސް ވިދާޅުވެއްޖެ
ޖަމީލްގެ މަރާއި އެކު ޖަލުގެ އުސޫލުތަކަށް ބޮޑެތި ބަދަލުތަކެއް - މީގެ ފަހުން ޖަލުގައި މަރުވާ އެންމެންގެ ޕޯސްޓްމޯޓަމް ހަދާނެ
ޖަލަށް ފޯނާއި މަސްތުވާތަކެތި ވެއްދުމުގައި ކަރެކްޝަންސް އޮފިސަރުންގެ ބައިވެރިވުން - މިއަހަރު އެކަނި 73.6 މިލިއަން ރުފިޔާ އޮފިސަރުންނަށް ލިބިފައިވޭ
ޔޫކްރެއިނުން 10 އަހަރު ދުވަހުގެ ސަލާމަތީ އެއްބަސްވުމެއްގައި ވިލާތުގެ އިއްތިހާދާ އެކު ސޮއި ކޮށްފި
ޔޫކްރެއިންގެ ވައިގެ ބަނދަރުތަކަކަށް ރަޝިއާއިން ހަމަލާދީފި
"މަސްތުވާތަކެތި ބޭނުންކުރާ އައްޑާތަކުގެ ގޮތުގައި މާލޭގައި ބޭނުންކުރި 50 ތަނެއް، އޭގެ ތެރޭގައި ސަރުކާރު އިމާރާތްތައް ހިމެނޭ"
ރާއްޖޭގައި ތިބި ބިދޭސީންގެ އަދަދާއި، އެ ބިދޭސީން ތިބި ތަނުގެ 100 އިންސައްތަ މައުލޫމާތު އަހަރެއްގެ ތެރޭގައި އެއްކުރެވޭނެ - އިހުސާން