Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2022 | ހުކުރު 21:18
ހއ.ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
ހއ.ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން
އިސްލާމިކް މިނިސްޓްރީ
ހއ.ތުރާކުނުގެ މިސްކިތް
ހއ.ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފި
މި މަޝްރޫޢުގެ އަގަކީ 10.6 މިލިއަން ރުފިޔާއަށް
މި މަޝްރޫޢު ހަވާލުކުރީ 365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް

ހއ.ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ،

މި މަސައްކަތް ފައްޓަވައިދެއްވީ އެކަމަށްޓަކާ ހުކުރު ދުވަހު ތުރާކުނުގައި ބޭއްްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ އަޙްމަދު ޒާހިރު ޢަަލީ އާއި ރައްޔިތުންގެ މަޖްލީހުގެ ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

Advertisement

މިރަސްމިއްޔާތުގައި މިނިސްޓްރީގެ އިސް ބައެއް ބޭފުޅުންނާއި ތުރާކުނު ކައުންސިލުން ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.

300 މީހުންގެ ޖާގަ އެކުލެވޭ ގޮތަށް އިމާރާތްކުރުމަށް ހަމަޖެހިފައިވާ މި މިސްކިތް އިމާރާތްކުރުމުގެ މަސައްކަތް ޙަވާލުކޮށްފައިވަނީ މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ. އެ ކުންފުންޏާއި އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 10.6 މިލިއަން ރުފިޔާގެ އަގަކަށެވެ.

ހއ.ތުރާކުނުގައި އަލަށް އިމާރާތްކުރާ މިސްކިތުގެ ތަސައްވުރު - އިސްލާމިކް މިނިސްޓްރީ

365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި ޕްރޮޖެކްޓް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 23 މާރޗް 2022 ގައެވެ.

300 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް ޙަވާލުކޮށްފައިވަނީ 10.6 މިލިއަން ރުފިޔާއަށް މައިކްރޯން ޕްރައިވެޓް ލިމިޓެޑާއެވެ.

365 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް މި ޕްރޮޖެކްޓް އެ ކުންފުންޏާއި ޙަވާލުކޮށްފައިވަނީ 23 މާރޗް 2022 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް