ކ. މާލެ
|
7 އޮކްޓޯބަރ 2022 | ހުކުރު 19:45
އާދަމް އާޒިމް
އާދަމް އާޒިމް
ރާއްޖެއެމްވީ
މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން
މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އިމަރޖެންސީކޮށް ކުރި މުހިންމު މަސައްކަތެއް: އާޒިމް
 
މި މަޝްރޫޢުގެ ސަބަބުން 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓު ވަނީ ޖަހާފައި
 
މި މަޝްރޫޢުގެ ދަށުން 1,848 އަކަ މީޓަރުގެ ސަރަހައްދެއްގައި ބިންގަނޑު އެއްވަރު ކޮށްފައިވޭ

މީދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތަކީ އިމަރޖެންސީކޮށް ކުރި މުހިންމު މަސައްކަތެއް ކަމަށް އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ މިއީ މީދޫ އަށް ވަރަށް ބޮޑަށް ބޭނުން ވެފައި އޮތް މަޝްރޫޢު އެއް ކަމަށާއި މީގެ ކުރިން އެ ސަރަހައްދަށް ލޮނުގެ އަސަރު ކުރުމުގެ ސަބަބުން އާއްމުންނަށް ވަރަށް ބޮޑަށް އުނދަނގޫވި ކަމަށް އާޒިމް ވިދާޅުވިއެވެ. ރާޅު އަރާ މީދޫގެ ބައެއް ގިރުމުގެ ސަބަބުން ދަނޑުބިންތަކާއި މީދޫގެ ކުޅި އަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރިކަން އާޒިމް ފާހަގަކުރެއްވިއެވެ. ކުރިން އެ މަގުން ދުއްވާލަން ވެސް ނުދެވޭ ކަމަށާއި މިހާރު އެ ސަރަހައްދު ވަށައިގެން ދުއްވާލެވޭ ގޮތަށް މަގު ވެސް ހެދިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. 2 ފޭސް އަކަށް ބަހާލައިގެން ކުރިއަށް ދިޔަ މަސައްކަތް ނިންމާލީ ގާތްގަނޑަކަށް 6 މަސް ދުވަހުގެ ތެރޭގައި ކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.

ކުރިން ލޮނު އަރާ ދަނޑު ބިންތައް ހަލާކުވެ ވަރަށް ދަތީގައި އާއްމުން އުޅުނީ. އެންމެ ކޮލިޓީ ކޮށް އަވަހަށް މި ކަހަލަ ހުރިހާ މަސައްކަތެއް ކުރަން އިސްކަން ދެން އެމްޓީސީސީ އިން
އާދަމް އާޒިމް

މީދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން 1,848 އަކަ މީޓަރުގެ ސަރަހައްދެއްގައި ބިންގަނޑު އެއްވަރު ކުރުމާއި ބެޑް ތައްޔާރު ކުރުމާއި 210 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމަންޓު ޖެހުމުގެ މަސައްކަތް ވަނީކޮށްފައެވެ. ޕްލޭނިން މިނިސްޓްރީގެ ފަރާތުން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 5.80 މިލިއަން ރުފިޔާއަށެވެ. އަދި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ 2012 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
0%
0%
0%
0%
0%
0%
ކޮމެންޓް