ހުޅުމާލެ ހޮސްޕިޓަލުގައި ގާއިމްކުރާ މެންޓަލް ހެލްތު ސެންޓަރ އަންނަ ހަފްތާގައި ހުޅުވަން ނިންމާފައިވާކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުން ބޭއްވި ނޫސްވެެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިއުވާން ވިދާޅުވީ ނަފްސާނީ ބަލިތަކަކީ މީގެ ކުރިން އެހާ ބޮޑަށް އަޅާލެވިފައި އޮތް ކަންކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދޭ ކަމެއް ކަމަށެވެ.
މިއުވާން ވިދާޅުވީ މި ދާއިރާއަށް މުހިންމު އިސްކަމެއް ދިނުމުގެ ގޮތުން މާލެއާއި ރަށްރަށުގައިވެސް ސިއްހީ ފަރުވާގެ ތެރޭގައި މިކަން ހިމަނަން ސަރުކާރުން މަސައްކަތްކުރައްވަމުންދާކަމަށެވެ.
އައިޖީއެމްއެޗްގައި ގާއިމްކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރގެ އިތުރުން އަތޮޅުތެރޭގައިވެސް މެންޓަލް ހެލްތު ސެންޓަރުތައް ގާއިމްކުރުމާއި، ހުޅުމާލެ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތު ސެންޓަރ ހުޅުވުމަށް މަސައްކަތްކުރަނީމިއުވާން މުހައްމަދު
އަތޮޅުތެރެއިން މި ޚިދުމަތް ފޯރުކޮށްދިނުމަށް ރާއްޖޭގެ 5 ސަރަހައްދެއްގައި ގާއިމުކުރާ ޓަރޝިއަރީ ހޮސްޕިޓަލުތަކުގައި މެންޓަލް ހެލްތު ޔުނިޓުތައް ތަރަައްގީކުރުމުގެ މަސައްކަތް ސަރުކާރުން ވަނީ ފަށާފައެވެ. އަދި މެންޓަލް ހެލްތު ޕްރޮގްރާމެއް ކުރިއަށްގެންދިއުމަށްވެސް ސަރުކާރުން ވަނީ ރާވާފައެވެ.