Advertisement
ކ. މާލެ
|
7 އޮކްޓޯބަރ 2022 | ހުކުރު 07:24
ފްލޯޓިން ސިޓީގެ ގެއެއް
ފްލޯޓިން ސިޓީގެ ގެއެއް
ޓްވިޓަރ
ފްލޯޓިން ސިޓީ
ފްލޯޓިން ސިޓީގެ ގެއެއް ދައްކާލައިފި
މޫސުން ރަނގަޅުވުމުން މީޑިއާ އާއި އާއްމުންނަށް އެތަން އާއްމުކޮށް ދައްކާނެ

ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިން މާލެ އަތޮޅުގައި ތަރައްގީކުރާ ފްލޯޓިން ސިޓީގައި ހުންނާނެ ގެތަކުގެ ތެރެއިން ގެއެއް ދައްކާލައިފިއެވެ.

މޯލްޑިވްސް ފްލޯޓިން ސިޓީ މަޝްރޫޢުގެ ދިވެހި ކޮންސަލްޓަންޓު އިބްރާހީމް ރިޔާޒް ވަނީ ފްލޯޓިން ސިޓީގެ ނަމޫނާ ގެއެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި ހިއްސާ ކުރައްވާފައެވެ. އަދި މޫސުން ރަނގަޅުވުމުން މީޑިއާ އާއި އާއްމުންނަށް އެތަން އާއްމުކޮށް ދައްކާނެ ކަމަށް ވެސް ވިދާޅުވިއެވެ.

ނަމޫނާއެއްގެ ގޮތުގައި ފުރަތަމަ ދައްކާލުމަށް ހަމަޖެހިފައިވަނީ ފްލޯޓިން ސިޓީގެ މަގެކެވެ. އެ މަގުގެ ދެ ފަރާތުގައި ގެތައް ހުންނާނެ ކަމަށާއި، މަގުގައި ގަސްތައް ވެސް ހުންނާނެކަމަށް ރިޔާޒް ވިދާޅުވިއެވެ. މިއާއެކު ފްލޯޓިން ސިޓީ ނިމިގެންދާއިރު ހުންނާނެ ގޮތް ސިފަވެގެންދާނެއެވެ.

ރާއްޖޭގައި ފްލޯޓިން ސިޓީ ތަރައްޤީކުރުމުގެ މަސައްކަތް ކުރިއަށްގެންދަނީ ނެދަލެންޑްސްގެ ޑަޗް ޑޮކްލޭންޑު ކުންފުނިންނެވެ. މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ފްލޯޓިން ސިޓީގެ ފުރަތަމަ ގެތައް އިމާރާތްކުރުމުގެ މަސައްކަތް ވަނީ ބައިސަން މޯލްޑިވްސް އާއި ހަވާލުކޮށްފައެވެ. އަދި މިދިޔަ ފެބްރުއަރީ މަސް ތެރޭގައި ވަނީ ނަމޫނާ ގެތައް އިމާރާތްކުރުމުގެ މަސައްކަތް ނިމިފައެވެ.

Advertisement

ޑަޗް ޑޮކްލޭންޑްސްއާ މި މަޝްރޫއު ހަވާލުކުރި މިއީ ދެވަނަ ފަހަރެވެ. ރާއްޖޭގައި ފްލޯޓިން ސިޓީއެއް ތަރައްޤީކުރުމަށް އެންމެ ފުރަތަމަ އެއްބަސްވުމަކަށް އައިސްފައިވަނީ 2010 ވަނަ އަހަރު ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައެވެ. އޭރު ޑަޗް ޑޮކްލޭންޑް ކުންފުންޏާ މަސައްކަތް ހަވާލުކުރުމަށްފަހު، ކުރިއަށް ނުގޮސް އޮވެ، މި އެއްބަސްވުމުގައި ދެވަނަ ފަހަރަށް ސޮއިކުރީ 2019 ވަނަ އަހަރު މެއި މަހުގެ ތެރޭގައެވެ. މި މަޝްރޫއު ހިންގުމަށް ދެވަނަ ފަހަރަށް ވެސް ހަވާލުކުރީ ޑަޗް ޑޮކްލޭންޑް ކުންފުންޏާއެވެ.

ބިލިޔަން ޑޮލަރުގެ ފްލޯޓިން ސިޓީ އަޅާއިއިރު މުޅިން ވެސް ބޭނުންކުރާނީ ތިމާވެއްޓާ ރަހުމަތްތެރި ގޮތްތަކެކެވެ. އެއްބަސްވުމާއެކު ޓްރާންސްފަރ ފީއެއްގެ ގޮތުގައި ޑަޗް ޑޮކްލޭންޑްގެ ފަރާތުންވަނީ އެއް މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ދައްކާފައެވެ. ޢާއްމުންނަށް ދޫކުރާ ހައުސިން ޔުނިޓުތަކާއެކު ފަތުރުވެރިކަމަށް ހުޅުވާލާ ސަރަޙައްދެއްގެ ގޮތުގައި ތަރައްޤީކުރާ 1.6 ބިލިއަން ޑޮލަރުގެ ބިޔަ ފްލޯޓިން ސިޓީ މަޝްރޫޢަށް ސަރުކާރުންވަނީ މާލެ އަތޮޅު އާރަށް ކައިރިން 200 ހެކްޓަރުގެ ފަޅެއް ޑަޗް ޑޮކްލޭންޑަށް ދީފައެވެ. އަދި މިސިޓީގައި 5000 ހައުސިން ޔުނިޓު ތަރައްޤީކުރުމަށް ނިންމާފައިވާއިރު މި މަޝްރޫއުގެ ދަށުން ޔޮޓް މެރީނާ އަދި ރިސޯޓު ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އެހެންކަމުން އެ ތަންތަނަށް އަންނަ ފަތުރުވެރިންނަށް ވެސް އެ ސިޓީގައި ހުރުމުގެ ފުރުޞަތު ހުޅުވާލުމަށް ވެސް ވަނީ ނިންމާފައެވެ.

އަދި މިއީ ރާއްޖޭގައި ހިންގާ މިފަދަ ފުރަތަމަ މަޝްރޫއެއެވެ. މިއީ ރާއްޖޭގެ ގެދޮރު އިމާރާތް ކުރުމުގެ ދާއިރާ ބަދަލު ކޮށްލުމުގެ މަޤްސަދުގައި ކުރިއަށްގެންދާ ބިޔަ މަޝްރޫއެކެވެ. ފްލޯޓިން ސިޓީ ތަރައްޤީކުރަނީ 20000 މީހުންގެ އާބާދީއަކަށް އަމާޒްކޮށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް