ކ. މާލެ
|
6 އޮކްޓޯބަރ 2022 | ބުރާސްފަތި 05:46
ޓްރޭންނިންގ އޮފް ޓްރޭނަރސް ޕްރޮގްރާމްގެ ބައިވެރިން
ޓްރޭންނިންގ އޮފް ޓްރޭނަރސް ޕްރޮގްރާމްގެ ބައިވެރިން
ކަރެކްޝަންސް
ޓްރޭންނިންގ އޮފް ޓްރޭނަރސް ޕްރޮގްރާމް
ޕްރިޒަން އޮފިސަރުންނަށް "ޓްރޭންނިންގ އޮފް ޓްރޭނަރސް" ޕްރޮގްރާމް ފަށައިފި
19 ޕްރިޒަން އަދި ސިވިލް އޮފިސަރުން ޕްރޮގްރާމުގައި ބައިވެރިވި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ޕްރިޒަން އޮފިސަރުން ތަރައްޤީކުރުމަށް "ޓްރޭން ދަ ޓްރޭނަރސް ޕްރޮގްރާމް އޮން އެންހާންސިންގ ޓްރޭނިންގ ސްކިލް އެންޑް ނޮލެޖް ޓު ކްރިއޭޓް އިފެކްޓިވް ލަރނިންގ އެކްސްޕީރިއަންސަސް ފޯ ކަރެކްޝަނަލް އޮފިސަރސް" ފަށައިފިއެވެ.

މި ޕްރޮގްރާމް ފަށާފައިވަނީ އޮކްޓޫބަރު މަހުގެ 2 ވަނަ ދުވަހުއެވެ.

ފަސް ދުވަހަށް ކުރިއަށްދާ މި ޓީއޯޓީގައި އެކި ޖަލުތަކުންނާއި ހެޑް އޮފީހުން ޖުމްލަކޮށް 19 ޕްރިޒަން އަދި ސިވިލް އޮފިސަރުން ބައިވެރިވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުންޏެވެ.

މި ޕްރޮގްރާމް ހިންގުމުގެ މައިގަނޑު މަޤްޞަދަކީ ޖަލުތަކުގައި ކުރިއަށްދާ ރިހެބިލިޓޭޝަން ޕްރޮގްރާމްތައް މިހާރަށްވުރެއް ހަރުދަނާކޮށް ކުރިއަށްގެންދިއުމަށްޓަކައި އެކަމަށް ބޭނުންވާ މުވައްޒަފުން ތަމްރީންކުރުމަށް ޓްރޭނަރުން ތައްޔާރުކުރުމެވެ. މި ޓީއޯޓީ ޕްރޮގްރާމުން ތަމްރީންވާ މުވައްޒަފުންގެ އެހީތެރިކަމާއެކު އިތުރު މުވައްޒަފުން ތަމްރީން ކުރެވިގެންދާނެއެވެ.

މި ޕްރޮގްރާމްގައި ޑްރަގް އެޑިއުކޭޝަން އެންޑް އެވެއަރނަސް ސެޝަންތައް ޤައިދީންނަށް ހިންގާނެ ގޮތާއި ޖުމްލަކޮށް ޓްރޭނިންގތަކުގައި ފެސިލިޓޭޓްކޮށްދޭނެގޮތުގެ މަޢުލޫމާތާއި ހުނަރު ބައިވެރިންނަށް ފޯރުކޮށްދެވިގެންދާނެއެވެ.

އަދި މި ޓްރޭނިންގ ފެސިލިޓޭޓްކޮށްދެއްވަނީ އެންޖީއޯ ކަމުގައިވާ ޖަރނީގެ ގްލޯބަލް ޑްރަގް ޑިމާންޑް ރިޑަކްޝަން މާސްޓަރ ޓްރޭނަރ ޢަލީ އަދީބްއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް