ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 18:01
 ށ މަރޮށީގައި އެމްޑީޕީން ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ށ މަރޮށީގައި އެމްޑީޕީން ބޭއްވި ކެމްޕޭން ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
ބައި-އިލެކްޝަން
އަހަރަކު އެއްފަހަރު ބައި-އިލެކްޝަން ބޭއްވުމަށް ނަޝީދު ތާއިދު ނުކުރައްވާ!
އަތޮޅު ކައުންސިލް ނިސްބަވްތާ އަތޮޅުގެ ރަށްރަށުގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން، އިލްކްޝަންސް ކޮމިޝަނުގެ އިރުޝާދުގެ ދަށުން ބޭއްވިދާނެ
މިހަރަކާތް ގިނައިން ހިންގި ވަރަކަށް ރައްޔިތުން ޑިމޮކްރަސީއަށް އަހުލުވެރިވާނެ
އިންތިހާބެއް ބޭއްވުމަށް ހަރަދުވަނީ އެއްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ

އިލެކްޝަނަކީ ޑިމޮކްރަޓިކް އެކްސަސައިޒެއް ކަމަށާއި، ކެމްޕެއިން ކުރުމުގައި ދަތިވާތީ އެކަންކަން އުނިކުރުމަކީ މެންބަރުން ވިސްނަވަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެ ބައި-އިލެކްޝަން މަދުކުރުމާއި ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަކީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަންތައް ބާއްވާނެ މުއްދަތާއި ބައި އިލެކްޝަން ބާއްވާނެ ގޮތް ބަޔާންކުރުމާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ މަގްސަދާއި ޒިންމާތައް އިތުރަށް ސާފުކޮށްދިނުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތައް ހިމެނޭ ގޮތަށް ސަރުކާރުގެ ފަރާތުން މި ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވީ ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގެވެ.

މި ބިލުގެ ބަހުސްގެ ވަގުތުގައި ހެނދުނު ސަޔަށް މެދުކަނޑާލުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ ޑަބްލިއުޑީސީގެ އިންތިހާބަކަށް ހަރަދުވަނީ އެއްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ ކަމަށެވެ. އެއީ ގާތްގަނޑަކަށް ރައްޔިތުންގެ މަޖިލީހުގެ ސައިގެ ހަރަދު ކަމަށާއި، އިންތިހަބަކީ ޑިމޮކްރަޓިކް އެކްސަސައިޒެއް ކަމަށެވެ. އަދި މިހަރަކާތް ގިނައިން ހިންގި ވަރަކަށް ރައްޔިތުން ޑިމޮކްރަސީއަށް އަހުލުވެރިވާ ކަމަށެވެ.

އަދި ހަމައެޔާއެކީގައި ސިޔާސީ ޕާޓީތަކުގެ މަގުބޫލުކަން ހުރި މިންވަރާއި، ވެރިކަން ކުރަމުންދާ ޕާޓީގެ މަގުބޫލުކަމާއި، ވާދަވެރިންގެ މަގުބޫލުކަން ހުރި މިންވަރު ދޭތެރެ ދޭތެރެއިން ސާފުވާ ކަަމަށެވެ.

އެހެންނޫނިއްޔާ އޮތް ހަމައެކަނި ގޮތަކީ ތިމަންނާއަކީ އެންމެ ގިނަ މީހުން ރުހޭ މީހާއޭ އަމިއްލައަށް ވިދާޅުވަމުން އަޅުގަނޑުމެން ކޮންމެ މީހަކު ހިނގަމުން ދިއުން. އިންތިހާބެއް ނިންމާލީމާ އެބަ އިނގޭ، ތިމަންނާގެ އޮތީ 40 އިންސައްތަކަން ނުވަތަ 30 އިންސައްތަކަން. މިއިން އިންތިހާބެއް ބޭއްވުމަށް ހަރަދުވަނީ އެއްލައްކަ ފަސްދޮޅަސް ހާސް ރުފިޔާ. އެއީ ހޮނިހިރު ދުވަހެއްގައި އަޅުގަނޑުމެންގެ ރަށެއްގައި ހިނގާ ވަރަށް ރީތި ޑިމޮކްރަސީގެ ހަރަކާތެއް. އަދި ރަށުގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު ލިބޭ ހަރަކާތެއް. އަޅުގަނޑުމެން އެ އިންތިހާބުތަކުގައި ކެމްޕެއިން ކުރުމުގައި އަޅުގަނޑުމެންނަށް ދަތިވާތީ މި ކަންކަން އުނިކުރުމަކީ މެންބަރުން ވިސްނަވާނެކަމެއް. އެއްލައްކަ ފަސްދޮޅަސް ހާސް އިންތިހާބަކަށް ހަރަދުވަނީ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

މި ގާނޫނަށް ގެނައި އިސްލާހުގެ 9-56 ވަނަ މާއްދާގެ (ހ) ގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ކޯރަމް ނުގެއްލޭހާ ހިނދަކު އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަން ބާއްވަންވާނީ ކޮންމެ މީލާދީ އަހަރަކު އެއްފަހަރު، އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާ ތާރީހެއްގައި ކަމަށެވެ.

މީގެ އިތުރުން މި މާއްދާގެ (ށ) ގައި ބުނެފައިވަނީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެންބަރެއްގެ މަގާމު ހުސްވެއްޖެނަމަ، އެކަން 14 ދުވަހުގެ ތެރޭގައި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އަންގަންވާނެ ކަމަށެވެ. އަދި ލޯކަލް ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާ ތާރީހުން ފެށިގެން އެންމެ ފުރަތަމަ ބައި އިލެކްޝަނެއް ބާއްވަން އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ތާރީހެއްގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަންވާނެކަމަށެވެ.

މަގާމު ހުސްވުމުގެ ސަބަބުން ކޮމިޓީގެ ކޯރަމް ގެއްލޭ ހާލަތު މެދުވެރިވާނަމަ، މަގާމު ހުސްވެއްޖެކަން ލޯކަން ގަވަރމަންޓް އޮތޯރިޓީން އިލެކްޝަންސް ކޮމިޝަނަށް އަންގާ ތާރީހުން ފެށިގެން ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މެންބަރެއްގެ ބަދަލުގައި ކޮމިޓީއަށް މެންބަރަކު އިންތިހާބު ކުރަންވާނެކަމަށް އިސްލާހުގައި ބުނެފައިވެއެވެ. ނަމަވެސް ކޮމިޓީގެ މެންބަރެއްގެ މަގާމް ހުސްވިއިރު ކޮމިޓީގެ އުމުރުގެ 1 އަހަރު ދުވަސް ނުވަތަ އެއަށްވުރެ ކުރު މުއްދަތެއް ބާކީ އޮތްނަމަ އެ ހުސްވި ގޮނޑިއަކަށް މެންބަރަކު އިންތިހާބުކޮށްގެން ނުވާނެކަމަށް ބުނެފައިވެއެވެ. އަދި ބައި އިލެކްޝަނަކުން އިންތިހާބުކުރެވިފައިވާ މެންބަރަކަށް މެންބަރުކަމުގައި ހުރެވޭނީ ހިނގަމުންދާ ދައުރު ހަމަވަންދެންކަމަށް ބުނެފައިވެއެވެ.


Advertisement
- ކޮމެންޓް