ކ. މާލެ
|
5 އޮކްޓޯބަރ 2022 | ބުދަ 07:27
ސްޓިމަކް
ސްޓިމަކް
އިންޑިއާ
ސްޓިމަކްގެ އެއްބަސްވުން އިންޑިއާއިން އައުކޮށްފި
ސްޓިމަކްގެ އެއްބަސްވުން އިންޑިއާ އިން އައުކޮށްފައިވަނީ 2023 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕްގެ ނިޔަލަށް

އިންޑިއާގެ ޤައުމީ ފުޓުބޯޅަ ޓީމުގެ ކޯޗު އީގޯ ސްޓިމަކްގެ އެއްބަސްވުން އައުކޮށްފިއެވެ.

ސްޓިމަކްގެ އެއްބަސްވުން އިންޑިއާ އިން އައުކޮށްފައިވަނީ 2023 ވަނަ އަހަރު އޮންނަ އޭޝިއަން ކަޕްގެ ނިޔަލަށެވެ. އިންޑިއާ އިން ވަނީ މިއަހަރު އޮތް އޭޝިއަން ކަޕް ކޮލިފިކޭޝަންގައި އެ ޤައުމު ހިމެނުނު ގްރޫޕްގެ އެއް ވަނަ ހޯދައި، އޭޝިއަން ކަޕަށް ކޮލިފައިވެފައެވެ.

ސްޓިމަކްގެ އެއްބަސްވުން އައުކުރުމަށް އޯލް އިންޑިއަން ފުޓުބޯޅަ ފެޑެރޭޝަން (އޭއައިއެފްއެފް) އިން ނިންމީ، ޓެކްނިކަލް ކޮމެޓީން ލަފާދީފައިވާ ގޮތަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއީ އޭޝިއަން ކަޕުގެ ކުއާޓާ ފައިނަލުން އިންޑިއާ އަށް ޖާގަ ލިބިއްޖެ ނަމަ، ސްޓިމަކްގެ އެއްބަސްވުން އައުވާ ގޮތަށެވެ.

އެކަމާ ގުޅިގެން ސްޓިމަކް ބުނީ އެއްބަސްވުން އައުކުރުމަށް ނިންމުމުން އޭނާ އުފާވާ ކަމަށާއި، އޭއައިއެފްއެފްގެ އިތުބާރު އޭނާ އަށް އޮތުމަކީ އުފަލެއް ކަމަށެވެ. މީގެ އިތުރުން އޭނާ ބުނީ ބޭނުންވަނީ އޭޝިއަން ކަޕަށް ރަނގަޅަށް ތައްޔާރުވެ، ރަނގަޅު ނަތީޖާ އެއް ނެރެން ކަމަށެވެ.

އުމުރުން 55 އަހަރުގެ ސްޓިމަކް އިންޑިއާގެ ޤައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވީ 2019 ވަނަ އަހަރުއެވެ. އޭނާގެ އިރުޝާދުގެ ދަށުން އިންޑިއާ އިން ވަނީ 2021 ވަނަ އަހަރު ރާއްޖޭގައި އޮތް ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް